އާއްމުކޮށް ފެންނަ ނުފެންނަ އެކި ކަހަލަ އެއްޗެއްސަށް ގިނަ ބައެއް ސަމާލުކަން އަބަދު ވެސް އަންނަނީ ހުއްޓެމުންނެވެ. އެގޮތުން މިހާރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓި އޮތީ "ފިޔާތޮށި" ކުލައިގެ ކޯމަހަކަށެވެ.

"ރައްޓެހިން" ގެ ނަމުގައި ހަދާފައިވާ ދިވެހި ޕޭޖަކުން އާއްމު ކޮށްފައިވާ އެ ކޯމަހުގެ ވީޑީއޯއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، އެއީ ކޮން ގައުމެއްގެ މަންޒަރެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

އެ ވީޑިއޯއިން ފިޔާތޮށި ކުލައިގެ ކޯމަހެއް ފެންނައިރު، އެއާއި އެކީ އިތުރު ކޯމަހެއް ވެސް ފެނިގެން ދެއެވެ.


މިފަދަ ވީޑިއޯއެއް މިހާރު އާއްމުވެފައިވާއިރު، ވާވު އަތޮޅުގެ ސަރަހައްދަކުން ވެސް މީގެ ކުރިން ފިޔާތޮށި ކުލައިގެ ކޯމަސްތަކެއް ވަނީ ފެނިފައެވެ. އެހެންކަމުން މިހާރު ދައުރުވަމުން އަންނަ ވީޑިއޯއަކީ ރާއްޖޭގެ މަންޒަރެއް ކަމަށް ވެދާނެ ކަމަށް ބައެެއް މީހުން ބުނެފައި ވެއެވެ

ރާއްޖޭގައި މިފަދަ ކޯމަސް އުޅޭކަމަށް ވާހަކަދެކެވިފައިވާއިރު، ލުއިޒީނިއާގެ ކޯރެއްގައި ވެސް "ޕިންކީ" ނަމަކަށް ކިޔާ ފިޔާތޮށި ކޯމަހެއް އުޅޭ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ. އަދި 2019 ވަނަ އަހަރުގެ ތެރޭގައި އެ ކޯމަސް ވިހާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަލްމާ

    އަލްހަމްދުލިﷲ. ޔާމީން ފައުޅުވާން ކައިރިވީ!!

    16
    17
    • ނސ

      ވަރަށް ދެކިލަން ބޭނުންވާ ދުވަހެއް. އިރާދަކުރެއްވިއްޔާ އެމަނިކުފަނު ރައީސް ޔާމީން ވ އަވަހަށް އެބުރި ވަޑައިގަންނަވާނެ ކަމާމެދު އަޅުގަޑު ޝައްކެއް ނުކުރަން.

      5
      1
  2. ޕިންކް ޕެންތާ

    ޔެލޯ ކޯމަހެއް ނެތްތަ ދެން.؟؟ކޮންމެވެސް ކުއްޖަކު އެތާ ދެން އޮތް ކޯމަހުގަ ގޮށްރީނދޫ ކޮޅެއް ނަމަވެސް އުނގުޅާލަބަލަ..

    19
    3
    • އައްޔާ

      ތިހެންވިއްޔާ ނެތެއްނު ސަލާމަތެއް! ގާސިމްބެ ކައިރީ ބުނެގެން މަ ބަލާނަށް ކޯމަހަކު ރަތްކުލަ ލެވޭތޯ!

  3. ރަދީފް

    ރައީސް ޔާމީން މިނިވަންވާކަށް ދެން މާލަހެއް ނުވާނެ!

    2
    1