މީސް މީޑިޔާގެ ބާވަތްތަކާއި މޯބައިލް ފޯނުގެ ޚިދުމަތްތައް ނެތް ޒަމާނުގައި ލޯބި ހާސިލު ކުރުމަށް އަދި ލޯބި ހުށަހެޅުމަށް ވެސް ބޭނުންކުރާ ވަސީލަތަކީ ސިޓީއެވެ. މިހާރު ފޮނުވާލެވޭ އެސްއެމްއެސްއަކުން އެކަން ކުރެވެއެވެ. އެކަމަކު އެ އެސްއެމްއެސްއިން ނުކުރާ އަސަރު ލޯބީގެ ސިޓީއަކުން ކުރާނެ ކަމަށް މަގުބޫލު ފޮތް ލިޔުންތެރިޔާ ޖޮޖޯ މޮޔެސް ބުނެފައިވެއެވެ.

ޖޮޖޯ ބުނެފައިވާ ގޮތުގައި މުއާސަލާތު ކުރުމުގެ ވަސީލަތްތައް ގިނަވުމުގެ ސަބަބުން މިހާރު ލޯބީގެ ސިޓީ ނުލިޔާ ކަމަށާއި އެކަމުގެ ސަބަބުން އެތައް ލޯބީގެ ވާހަކަތަކެއް ރެކޯޑެއް ނެތި ފޮހެވިގެންދާ ކަމަށެވެ.

އުމުރުން 52 އަހަރުގެ ޖޮޖޯ ފާހަގަ ކޮށްފައިވާ ގޮތުގައި ކުރީ ޒަމާނުގައި ލޯބީގެ ސިޓީއެއް ލިޔުމަށް ފަހު ލޯބިވާ މީހާއަށް ދިނުމުން އޭނާ ލޯބިވާކަން ޔަގީންވީއެވެ.

އެއީ މީހެއްގެ ހިތުގެ އިހުސާސްތައް ފޮނި، އަދި ފަށުވި އިބާރާތްތަކަކުން ގަނޑެއްގައި ލިޔެލެވޭނީ ހަގީގަތުގައި ވެސް ލޯބިވާ މީހަކަށް ކަމަށް ޖޮޖޯ ބުނެފައިވެއެވެ.

ޖޮޖޯ ލިޔެފައިވާ ''ދަ ލާސްޓް ލެޓަރ ފްރޮމް ޔުއަރ ލަވަރ'' އަށް ތައްޔާރު ކޮށްފައިވާ ފިލުމުގައި ވެސް ދައްކުވައިދެނީ ސިޓީގެ ސަބަބުން ލޯތްބަށް އަންނާނެ ބަދަލުތަކެވެ.

ލޯބީގެ ރޮނގުން ކަމެއް ހާސިލު ކުރުމަށް އިހުގެ ސްޓައިލަށް ލޯބީގެ ސިޓީ ލިޔުމަކީ ޖޮޖޯ ދެކޭ ގޮތުގައި އެންމެ ފައިދާ ހުރި އަދި އެ ލޯބި ހާމަކޮށްދޭ ހަމައެކަނި ގޮތެވެ.

ލޯބިވެރިޔާގެ ފަރާތުން ނުވަތަ ''ކުރަޝް'' ގެ ފަރާތުން ލިބޭ އެސްއެމްއެސް އަކަށް ވުރެ ލޯބީގެ ސިޓީއެއް ލިބުމުން ލިބޭ ހިތްހަމަ ޖެހުން ބޮޑުވާނެ ކަމަށް ވެސް ޖޮޖޯ ބުނެފައިވެއެވެ.