ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަތުރަންގީ ސިންހާގެ ޓުވިޓާ އެކައުންޓް ހެކް ކޮށްފިއެވެ.

އެކައުންޓް ހެކް ކުރުމަށް ފަހު އެކައުންޓުގެ ނަން ވަނީ ''އެލަން މަސްކު'' ގެ ނަމަށް ބަދަލު ކޮށްފައެވެ.

އެކައުންޓްގެ ނަމުގެ އިތުރުން ޕްރޮފައިލް ފޮޓޯ ވެސް ވަނީ ރޮކެޓެއް މައްޗަށް ފޮނުވާލާަ ފޮޓޯއެއް ލައިފައެވެ. ނަމަވެސް ހެކަރުން ޓުވިޓާ އެކައުންޓުގެ ޕާސްވޯޑު ބަދަލެއް ނުކުރެއެވެ.

ސަޝީ ތަތޫރުއަށް ޓެގްކޮށް ކޮށްފައިވާ ޓުވީޓެއް ކުރިއިރު ވެސް ސަތުރަންގީ ސިންހާއަށް އެކައުންޓް ހެކް ކޮށްފައިވާ ކަމެއް ނޭނގެެއެވެ.

މި އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި އެތައް މިލިއަން ރުފިޔާގެ ''ގިވް އަވޭ'' އެއް ހިލޭ ސާބަހަށް ބަހައިލާ ކަމަށް ވެސް ބުނެފައިވެއެވެ.

މި އެކައުންޓުން ކޮށްފައިވާ ޕޯސްޓުތަކަށް ކޮމެންޓު ކޮށްފައިވާ ބައެއް މީހުން ވަނީ އެ އެކައުންޓް ހެކް ކޮށްފައިވޭތޯ ސުވާލު އުފައްދާފައެވެ. ސަތުރަންގީގެ ނަމާއި މެދު އޭނާ ލަދުގަންނާތީ އެކައުންޓުގެ ނަން ''އެލަން މަސްކު'' އަށް ބަދަލު ކުރީ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

އެކައުންޓު ހެކްކޮށްފައި ވީ ނަމަވެސް ޕާސްވޯޑު ބަދަލު ކޮށްފައިނުވާތީ އެކައުންޓު މިހާރު ވަނީ ރިކަވާކޮށްފައެވެ.

ބޮލީވުޑުގެ މަޝްހޫރު ފަންނާނުންގެ މީސް މީޑިއާ އެކައުންޓުތައް ހެކް ކުރުމަކީ ވަރަށް ގިނައިން ވާ ކަމެކެވެ.

ސަތުރަންގީ ސިންހާއަކީ ކުރީގެ ފިލުމުތަކުގައި އެކްޓިންގެ މޮޅު ހުނަރު ދައްކުވައި ދީފައިވާ ހުނަރުވެރި އެކްޓަރެކެވެ. ސަތުރަންގީ ސިންހާ ކުޅެފައިވާ ބައެއް ފިލުމު ތަކުގެ ތެރޭގައި ހިމެނެނީ ''ޖާނީ ދުޝްމަން''، ނަސީބު''، ޒަލްޒަލާ''، އަދި ''މުކާބަލާ'' ފަދަ ފިލުމުތަކެވެ.

ކިޔުންތެރިންގެ ހިޔާލު