ދުނިޔޭގެ އެންމެ މަޝްުހޫރު ފެޝަންޑިޒައިނަރ އަދި ލިޔުންތެރިޔާ ކްރިސްޑާ ރޮރިގުއެޒް ކެންސަރު ބަލީގައި މަރުވުމުގެ ކުރިން ވަނީ އަސަރު ގަދަ ސިޓީއެއް ލިޔެފައެވެ.

މި ސިޓީގައި ގެނެސްފައިވާ ވާހަކަތަކަކީ ދުނިޔޭގެ ހަޔާތުގައި ކޮންމެ މީހަކަށް ވެސް އިބުރަތުން ފުރިިގެންވާ ވާހަކަތަކެކެވެ. މި ސިޓީގައި ކްރިސްޑާ ގެނެސްފައިވާ ބައެއް މުހިންމު ވާހަކަތަކަކީ:

ކްރިސްޑާގެ އަތުގައި ދުނިޔޭގެ އެންމެ އަގުބޮޑު ބުރޭންޑުތަކުގެ ކާރުތައް ހުރި ނަމަވެސް އެއިރު އޭނާއަށް އުޅެން ޖެހިފައިވަނީ ފުރޮޅުލީ ގޮނޑިއެއްގައި ކަމަށެވެ.

ކްރިސްޑާގެ ގޭގައި ހުރިހާ ބުރޭންޑެއްގެ ހެދުމާއި ގަހަނާއާއި ފައިވާން ފަދަ އެތައް އެއްޗެއްސެއް ހުރި އިރު ވެސް އެއިރު އޭނާއަށް ލާން ޖެހުނީ ހޮސްޕިޓަލުން ދީފައިވާ ހެދުން ކަމަށެވެ.

އެތައް ފައިސާއެއް ބޭންކު ކްރިސްޑާގެ ބޭންކު އެކައުންޓުގައި ހުރި ނަމަވެސް އެއަކުން އޭނާއަށް އެއްވެސް ފައިދާއެއް އެއިރު ނުކުރާ ކަމަށެވެ.

ކްރިސްޑާގެ ގަނޑުވަރެއް ފަދަ ބޮޑު ގެއެއް އޮތް އިރު ވެސް އެއިރު އޭނާއަށް އޮންނަން ޖެހުނީ ހޮސްޕިޓަލުގެ އެނދެއްގައި ކަމަށެވެ.

ފަސްތަރީގެ އެއް ހޮޓަލުން އަނެއް ހޮޓަލަށް ދަތުރު ކުރެވޭވަރަށް ފައިސާ ހުރި ނަމަވެސް އެއިރު އޭނާއަށް ޖެހުނީ ހޮސްޕިޓަލުގެ އެއް ލެބުން އަނެއް ލެބަށް ދަތުރު ކުރަން ކަމަށެވެ.

ކްރިސްޑާ އެތައް ބަޔަކަށް އޮޓޯގުރާފު ދިނުމަށް ސޮއި ކުރި ނަމަވެސް އެއިރު އޭނާއަށް ފެންނަ ހަމައެކަނި ސޮއިއަކީ ޑޮކްޓަރުގެ ސޮއި ކަމަށެވެ.

އަގުބޮޑު ގެތަކާއި ކާރުތަކާއި ފައިސާއާއި ހޯދާފައިވާ މަޝްހޫރު ކަމުން އެއްވެސް ފައިދާއެއް ނުކުރާ ކަމަށެވެ. އެ އަގުބޮޑޫ އެއްވެސް އެއްޗަކުން އޭނާއަށް ލުޔެއް ނުލިބޭ ކަމަށެވެ. މި ދުނިޔެއަކީ ވަގުތީ ތަނެއް ކަމަށާއި މި ދުނިޔެ މަތީގައި ހަމައެކަނި އަސްލު އެއްޗަކީ މަރުކަމަށް ވެސް ކްރެސްޑާގެ ސިޓީގައިވެއެވެ.