ބްރިސްޓޮލް ޔުނިވަސިޓީ ފޮޅައި ސާފުކޮށް އެތަނުގައި ކުނިކަހަން އުޅޭ މަސައްކަތު މީހެއް ކަމަށްވާ ހާމަން ގޯޑަން އަކީ ޖެމެއިކާ މީހެކެވެ. އާއިލާ ދޫކޮށް އޭނާ އިނގިރޭސިވިލާތައް ހިޖުރަކޮށްގެން އުޅެނީ އާއިލާ އަށް ބޭނުންވާ ޚަރަދުތައް ހަމަޖައްސަން ބޭނުންވާ ފައިސާ ހޯދާށެވެ.
ލިބޭ ކުޑަ އާމްދަނީ މުސްތަގުބަލަށްޓަކައި ރައްކާކޮށްފައި ޗުއްޓީ އަކަށް ވެސް އާއިލާ ދެކިލަން ދެވޭނެ ވަރެއް ގޯޑަން އަކަށް ނުވެއެވެ. އެކަން އެނގިގެން ބްރިސްޓޮލް ޔުނިވަސިޓީގެ ދަރިވަރުން ވަނީ ގޯޑަން އަށް ފައިސާގެ އެހީއެއް ވެދީފައެވެ.
"ޖަސްޓްގިވިން" ޕޭޖް އިން އިންތިޒާމް ކުރި ފަންޑް ހޯދުމުގެ ހަފްތާގައި ގޯޑަން އަށް ދަރިވަރުން ވަނީ 1500 ޕައުންޑް ހަދިޔާ ކޮށްފައެވެ. 230 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ގޯޑަން އަށް ފައިސާގެ އެހީ ވެދީފައެވެ.
ގޯޑަން އަށް ދަރިވަރުން އެއްކުރި ފައިސާ އޭނާ އާއި ހަވާލު ކުރުމުން ގޯޑަން އަށް އުފަލުން ރޮވުނެވެ. އެމަންޒަރު ފެންނަ ވީޑިއޯ މިހާރު މީސް މީޑިއާގައި އާންމު ވެފައި ވާއިރު ގިނަ ބަޔަކު ދަނީ ވީޑިއޯ ޝެއާ ވެސް ކުރަމުންނެވެ.
ގޯޑަން ބުނީ އޭނާ އަށް ލިބުނު އެހީ ޝުކުރު ވެރިކަމާއި އެކު ގަބޫލު ކުރާ ކަމަށާއި އޭނާ އަށް ކުރެވެނީ ބުނެދޭން ވެސް ނޭނގޭ ފަދަ އުފާވެރި އިހްސާސެއް ކަމަށެވެ.
https://www.youtube.com/watch?v=Udin4qTZLjU
ގޯޑަން މިހާރު ތައްޔާރުވަމުން ދަނީ އަނބިދަރިން ދެކިލުމަށް ޖެމެއިކާ އަށް ދިއުމަށެވެ.
ސުރުޚީން އެއްޗެއް ދޭހައެއްނުވޭ!
ތީގެން ވާނުވާއެއް ނޭގުނު