ފުލެމިންގޯއަކީ ދޫނީގެ ތެރެއިން އޭގެ ފައި ދިގުކަމުން ފާހަގަ ކޮށްލެވޭ ދޫންޏެކެވެ. އެހެންކަމުން ފުލެމިންގޯ ގިނައިރުތަކެއް ވަންދެން އެއްފައި މައްޗަށް ހުރުން އެއީ ހައިރާންވާ ކަމަކަށް ނުވެދާނެއެވެ.

ނަމަވެސް ފުލެމިންގޯ އެއްފައި މައްޗަށް ހުންނަނީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ. މި ސުވާލަށް ސައިންޓިސްޓުން ވެސް ވަނީ މިހާތަނަށް ވެސް ސީދާ ޖަވާބެއް ނުހޯދިފައެވެ.

ނަމަވެސް ފުލެމިންގޯ އެއްފައިމައްޗަށް ހުންނަ ބައެއް ސަބަބުތައް ސައިންޓިސްޓުންވަނީ ހާމަކޮށްފައެވެ. މިގޮތުން އެއް ސަބަބަކީ ފުލެމިންގޯގެ މަސްތައް ހަމަޖައްސާލުމަށެވެ. ދިރާސާތަކުން ދައްކާގޮތުގައި ދޫނި އޭގެ ހަށިގަނޑު ބަރުދަނަށް ސަޕޯޓްކުރަނީ އެއްފައި މައްޗަށް ހުރެގެންނެވެ.

އަނެއް ސަބަބަކީ ފުލެމިންގޯގެ މަސްތަކާއި ލިގަމެންޓްސްއަށް ''ލޮކިން މެކޭނިޒަމް'' އެއް ހުރުމެވެ. އަހެކޭ އެއްފަދައިން ހުޅުތައް ''ލޮކް'' ކޮށްލާ އެއްފައި މައްޗަށް ހުރުމެވެ.

ޝިކާރަވެރިންގެ ކިބައިންގެ ވީ އެންމެ އަވަހަށް ސަލާމަތްވުމަށް އެއްފައި މައްޗަށް ހުރުމަކީ ވެސް ސަބަބެއްކަމަށް ސައިންޓިސްޓުން ބުނެއެވެ. ފުލެމިންގޯއަކީ ޝިކާރަވެރިންގެ ކިބައިން އެންމެ އަވަހަށް ސަލާމަތްވުމުގެ ގޮތުން ފާހަގަ ކުރެވިފައިވާ ދޫންޏެކެވެ.

މީގެއިތުރުން ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފަހައްޓައި ކޮންޓްރޯލު ކުރުމަށް އެއްފައި މައްޗަށް ހުންނަ ކަމަށް ވެސް ބައެއް ސައިންވެރިން ބުނެއެވެ.

ފުލެމިންގޯގެ އިތުރަށް އަސްދޫނި، ސްވޯން، ގީސް ފަދަ އެއްޗެއްސަކީ ވެސް އެއްފައި މައްޗަށް ގިނައިރުތަކެއް ވަންދެން ހުންނަ އެއްޗެއްސެވެ.

ފިޔާތޮށި ކުލައިގެ މި ދޫންޏަކީ އަބަދު އެއްކުލައެއްގައި ހުންނަ ދޫންޏެއް ނޫނެވެ. އުފަންވާއިރު އަޅި ކުލައިގައި ހުންނަ މި ދޫނީގެ ކުލަ ފިޔާތޮށި ކުލައަށް ބަދަލުވަނީ ކެއުމުގައި ބޭނުންކުރާ އެއްޗެހީގެ ސަބަބުންނެވެ.

ފުލެމިންގޯއަކީ ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ވެސް ވަރަށް ކަމުދާ ދޫންޏެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. UH

    Wow I didn't know that

  2. Anonymous

    އަހަރެން މިއޮތް ހުރިހާ ދުވަހު މިހީކުރަނީ ހަތަރު ފައިގަ ކަމައް ގިނައިރު ހުންނަނީ.