އެރެއަކީ އިންޑިއާގެ ވިޖަޔަވަދާ މަގުމަތި ވަރަށް ބާރު ބޮޑު ރެއެކެވެ. އެރޭ އެތައް ބައެއްގެ ހިތައް ބިރުވެރިކަން ގެނެސްދިނީ މަގުމަތިން ހިނގާފައި ދިޔަ ދެ ޖިންނިއެއް ފެނިގެންނެވެ.

އެރޭ މަގުމަތިން އެތައް ބަޔަކު ހިނގާފައިދަނިކޮށް ކުއްލިއަކަށް އެ މީހުންގެ ލޮލުގައި އަޅައިގަތީ ހުދުކުލައިގެ ދެ ޖިންނިއެވެ. އެއީ އަންހެން ދެ ޖިންނިއެވެ. އެ ޖިންސިތައް ހުއްޓިގެން ހުރީ މަގު މެދެއްހާ ހިސާބުގައެެވެ. ބައެއް މީހުން ހީކުރީ އެއީ އެމީހުންނަށް ހީވި ހީވުމެއް ކަމަށެވެ.

އެހެން ނަމަވެސް އެހެން ޖިންނިއެއް މަގުމަތިން ހިނގާފައިދާތަން ފެނިގެން ބައެއް މީހުން ވަނީ ދުވެފައި ޕޮލިސް ސްޓޭޝަނަށްވެސް ގޮސްފައެވެ. އަދި ފުލުހުންނަށް އެކަން ރިޕޯޓްކޮށްފައެެވެ.

ފުލުހަށް ދިޔަ އެ ގުރޫޕް މަތަ ކުރުމަށް ފުލުހުން ވަރަށް މަސައްކަތް ކުރިއެވެ. އަދި ފުލުހުންނަށް އެތައް ބަޔަކު ވަނީ ގުޅާ އެކަން ރިޕޯޓްކޮށްފައެވެ. އެއީ ތެދެއްތޯ ބަލަން އެ ސަރަހައްދަށް ދިޔަ ފުލުހުންގެ ވެސް މޭ އަތައް ނައީ ހަމަ ކިރިޔާއެވެ.

އެހެން ނަމަވެސް ފަހުން ބެލި ބެލުމުން އެނގުނުގޮތުގައި، އެއީ އެވަގުތު އެތާ ކުރިއަށްގެންގޮސްފައި ވަނީ ފިލްމެއްގެ ޝޫޓިންގއެެވެ. ފުލުހުން ވަނީ އެ މީހުން ހައްޔަރުކޮށްފައެވެ. އަދި ފަހުން ދޫކޮށްލުމަށްފަހު އެފަދަ ކަންކަން ނުކުރުމަށް އެ މީހުންނަށް އަމުރު ކުރިއެވެ.