އިންޑިއާގެ ޓީވީ ޝޯތަކުގައި އެންމެ އުހުގައި ފިޔަޖަހަމުން އައި ސިދާރްތް ސުކްލާ ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޭނާ މަރުވި އިރު އުމުރަކީ 40 އަހަރެވެ. ރިޕޯޓްތައް ބުނާ ގޮތުން ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ސިދާރްތް އޮތީ މަރުވެފައެވެ. އެހެންކަމުން ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ. އަދި ބެލެވޭގޮތުން ސިދާރްތްގެ ޕޯސްޓްމޯޓަމް ހަދާ އޭނާގެ މަރާއި މެދު އިތުރު މައުލޫމާތު ހޯދާނެއެވެ.

ސިދާރްތްގެ މަރާއި އެކު ބޮލީވުޑާއި ފޭނުން ދަނީ އޭނާގެ އާއިލާ އަށް ތައުޒިޔާ ކިޔަމުންނެވެ. އަދި ސިދާރްތް އާއި އެކުގައި މަސައްކަތް ކުރި މީހުން ވެސް ދަނީ އެކަމާއި މެދު ހިތާމަ ފާޅުކުރަމުންނެވެ.

ރިއަލިޓީ ޓީވީ ޝޯގެ ރަސްގެފާނުގެ ނަމުން ގިނަ ބަޔަކު މުޙާތަބުކުރާ ސިދާރްތް ސުކްލާއަކީ އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ އެންމެ މަގްބޫލު އެއް މޫނެވެ. އޭނާއަކީ ކާމިޔާބުކަމާއި އެކު ލީޑްރޯލްތަކުގައި އެންމެ ގިނަ ދުވަސްތަކެއް ވަންދެން ފައިހަމަކޮށްލެވުނު އެއް ފަންނާނަށް ވާނެއެވެ. އޭނާ އަކީ އެ ދާއިރާގައި މަސައްކަތްކުރާ އެންމެ ރީތި އެއްފަންނާނު ވެސްމެއެވެ. އޭނާ އަކީ އެތައް މިލިއަން ފޭނުންނެއް ތިބި ފަންނާނެކެވެ.

އަދި އޭނާ އަކީ ކައިވެނިނުކޮށް ތިބި ފަންނާނުންގެ ތެރެއިން އެންމެ ގިނަ ބަޔަކު އެ މީހެއްގެ ފަސްފަހަތުން ކަންކަން ބަލާ އެއް ފަންނާނަށް ވެސް ވާނެއެވެ. ކަލާޒްގެ ރިއަލިޓީ ޝޯވ ބިގް ބޮސްގެ 13 ވަނަ ސީޒަން ސިދާރްތް ސުކްލާ ކާމިޔާބު ކުރުމާއި އެކު އޭނާ އަށް އެތައް ފުރުސަތުތަކެއް ވަނީ ފަހިވެގެންގޮސްފައެވެ. އެގޮތުން އޭނާ އަށް ބޮލީވުޑް އިން ވެސް ފަހި ފުރުސަތު ތަކެއް ލިބުނެވެ.

ޓީވީ ސީރިއަލްތަކުން ފާއިތުވި 10 ވަރަކަށް އަހަރު އާއްމުންގެ މަޤްބޫލްކަން ހޯދާފައިވާަ ސިދާރްތް އާއްމުކޮށް ފެންނަނީ، ވަރަށް ހަމަޖެހޭ ސާދާ މިޒާޖު ހުންނަ މީހުންގެ ރޯލުތަކުންނެވެ. އޭނާ ގިނައިން ފެނުނީ މަޑު މޮޅި، ރޮމޭންޓިކް ރޯލުތަކުންނެވެ. .

ކިޔުންތެރިންގެ ހިޔާލު