އިންޑިއާގެ މަޝްހޫރު ފިލްމީތަރި ސަނީ ލިއޯން ރާއްޖެ އައި ޚަބަރު މީގެ ދުވަސްކޮޅެއް ކުރިން މީޑިއާގެ ޒަރިއްޔާ އިން ވާނީ ފެނިފައެވެ.

ސަން ސިޔާމް އޮޅުވެލި ރިސޯޓްގައި ހިތްގައިމު ދުވަސްތަކެއް ގުނަމުންދާ ސަނީގެ މީސްމީޑިއާ އަށް ފާއިތުވި ދެ ތިން ދުވަހު ބަލާލުމުން ފެންނަނީ ރާއްޖޭގެ ރީތި މަންޒަރުތަކެވެ. އަދި ރާއްޖޭގައި އޭނާ ހޭދަކުރާ އުފާވެރިވަގުތުތަކެވެ. ސަނީ ލިއޯން ވަނީ އޭނާ އާއި އޭނާގެ ފިރިމީހާ ޑެނިއެލް ވެބާ އާއި ތިން ދަރިންނާއިއެކު ރާއްޖޭގައި ވަގުތު ހޭދަކުރަމުންދާ އިރު އޭނާ އަށް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް ރާއްޖެ އާއި މެދު ޚާއްސަ ލޮތްބެއް އުފެދިފައިވާކަން ވަނީ ހާމަކޮށްފައެވެ.

ޖަޒީރާ ރަށާއި، ދޮންވެލިގަނޑާއި، ތާޒާ ވައި ފެނުމުން އޭނާ އުފާވާ މިންވަރު ބައެއް ވީޑިއޯތަކުން ހާމަވެއެވެ. އަދި އޭނާ ހުރި ރިސޯޓުގައި އޮޅުކޮށްގެން ގެންގުޅޭ ގުރައެއްގެ ފޮޓޯވެސް އޭނާ ވަނީ ހިއްސާކޮށްފައެވެ. ރާއްޖޭގައި ލިބޭ ކައުންތައް ވެސް ސަނީ އަށް އެހާ ކަމުދިޔައެވެ.

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)

ސަނީ ރާއްޖެ އަށް އާދެވުން ސިފަ ކުރީ ދުނިޔެމަތީގެ ސުވަރުގެ އަށް އާދެވުން ގޮތުގައެވެ. އަދި ތެޅިފޮޅުމާއި ހަލަބޮލިކަމާއި ދުރަށް އާދެވުނު އިހުސާސް ރާއްޖެ އައުމުން ކުރެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. ރާއްޖޭގެ ރީތިކަން ދައްކާލަން އެއްވެސް އެޑިޓިން އެއް ބޭނުން ނުވާ ކަމަށާއި ރާއްޖޭގެ ގުދުރަތީ ރީތި ކަމަކީ އަޖާއިބެއް ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އޭނާ ވަނީ ދެ ފަރާތަށް ގަސްތައް ހެދިފައިވާ މަގަކުން އޭނާ އުފަލުން ނަށަމުން ކަހަލަ ގޮތަކަށް ދާ ވީޑިއޯ އެއްވެސް ހިއްސާކޮށްފައެވެ.

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)

ސަނީ ލިއޯންގެ އާއިލާ ޗުއްޓީ ހޭދަކުރަމުން ގެންދާ އޮޅުވެލި ރިސޯޓަކީ ހަތަރުތަރީގެ ރިސޯޓެކެވެ. އެރިސޯޓްގައި އެއްދުވަސް ހޭދަކުރަން އާއްމުކޮށް ހަރަދުވަނީ ހައެއްކަ ހާސް ރުފިޔާއެވެ.

އިންޑިއާގެ ދެމަފިރިއަކަށް ލިބުނު ނަމަވެސް ސަނީ ދިރިއުޅެނީ އެމެރިކާގައެވެ. 2011 ވަނަ އަހަރު ޓީވީ ޝޯ ބިގް ބޮސްގައި ބައިވެރިވި ސަނީ އަކީ މިހާރު ބޮލީވުޑްގެ އެންމެ އަގު ބޮޑު އެއް ނެށުންތެރިޔާއެވެ. އޭނާގެ ފުރަތަމަ ބޮލީވްޑް ފިލްމަކީ 2012 ވަނަ އަހަރު ނެރުނު ޖިސްމް-2 އެވެ. އޭގެ ފަހުން އޭނާ ވަނީ ބޮލީވްޑްގެ ހަފިލްމެއް ކުޅެފައެވެ. އެންމެ ފަހުން އޭނާ ކުޅެފައި ވަނީ މަލިޔާލަމް ފިލްމެކެވެ. އެފިލްމް ރިލީޒް ކުރީ 2019 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ނޯޓީ ސަނީ ވާވް.

    8
    3
  2. ޅަބޭ

    ތި ދައިތަ ރާއްޖެއައް އައިސްސަ އެހެރަ އުޅޭ ވައްތަރު ފެނިފަ ދިވެހި އަންހެނުން ބަރަހަނާ ފިލުމު ކުޅޭކައް ނުފަށާނެތަ؟ ހަމަ ހީވާތީ ބުނެލީ.....

    3
    6
  3. އުމަރުބެ

    ބަލަ އެއީ ސަން ސިޔާމް ރިސޯޓް އިސްތިހާރުކުރަން %100 ހިލޭދީގެން އުޅޭ ދަތުރެއް އެހެންވެގެން އިސްތިހާރުކުރަން ކުރާކަމެއް ......ހުރިހާ އެއްޗެއް ފުރީކޮށް ހަމައެކަނި އިސްތިހާރު ކޮއްދޭމަތިން

  4. އިންޑިއާ އައުޓް

    އޭނަގެ އަވަށައް އޮތް ލޯއްބޭ ބުނިނަމަ މާރީތިވާނެ