ކީޕިންއަޕް ވިތް ކާޑޭޝިއަން ޝޯ އަކީ ރިއަލިޓީ ޝޯތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބަލާ، އެންމެ ނުފޫޒު ގަދަ މީހުން ގިނަ އެއް ޝޯކަން އެއީ ސުވާލެއް ވެސް އޮތް ކަމެއް ނޫނެވެ. އެކަމުގެ ހެއްކަކީ ސާދަ އަހަރުވަންދެން މެދުކެނޑުމެއް ނެތި ދައްކަމުން އައި "ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންސް"ގެ ރޭންކިންއެވެ. ކްރިސް ޖެނާ ނަމަކަށް ކިޔާ އަންހެނަކާއި އޭނާގެ ދަރިންގެ ދިރިއުޅުމުގެ މައްޗަށް ގެނެސްދޭ ހަގީގީ ޝޯއެއްކަމަށްވާ ކީޕިން އަޕް ވިތް ކާޑޭޝިއަންގެ އެންމެ މަޝްހޫރު އެއް މޫނަކީ ކިމް ކާޑޭޝިއަންސްއެވެ.

ކިމް ކާޑޭޝިއަންސް އޭ ބުނުމުން އެއީ ކާކުކަން ނޭނގޭނެ މީހަކު ވަރަށް މަދުވާނެއެވެ. އަބަދުވެސް މުޅި މީސް މީޑިޔާގައި އާއި އިންޓަނެޓުގައި ކިމްގެ ފޮޓޯތައް ވައިރަލް ނުވާ ދުވަސްކޮޅެއް ނުދެއެވެ. އަދި އޭނާ އަކީ ތަފާތު ބްރޭންޑުތައް އިސްތިހާރު ކުރުމުގައި އާއި އެކި ވިޔަފާރިތައް ހިންގައި މުއްސަނދި ވެފައިވާ މީހެކެވެ. ކިމް މަގްބޫލުވާ އަނެއް ސަބަބަކީ އޭނާގެ ތަފާތު މޭކަޕެވެ. އަދި އޭނަގެ ސްޓައިލެވެ.

މި ފަހަރު ސެޕްޓެމްބަރު މަހުގެ ދެވަނަ ހޯމަދުވަހު ބޭއްވި މެޓް ގާލާ އިވެންޓުގައި ގިނަ ބަޔަކަށް އެންމެ ބޮޑު ޖޯކަކަށް ވެގެންދިޔައީ މުޅި ހަށިގަނޑު ނިވާކޮށްގެން ކިމް ލައިގެން ހުރި ކަޅުކުލައިގެ ހެދުމެވެ.

މުޅި މީސްމީޑިޔާގައި ކިމްގެ ހެދުމަށް މީމްތައް ހަދަމުންދާ އިރު ބައެއް މީހުން ދަނީ އެ ހެދުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރެއް ވާ ކަމަށް ބުނެފައެވެ. އާއްމުކޮށް އެއްކޮށް ކަޅު ހެދުންލާ އަންހެނުން މޫނު ނިވާ ކުރަނީ ހުޅަނގުގެ ސަގާފަތަށް ބަލާނަމަ މީހަކު މަރުވުމުންނެވެ. ބައެއް މީހުން ވަނީ މިއީ ދާދިފަހުން ކާންޔޭގެ އިވެންޓެއްގައި ކިމް ބައިވެރިކަމަށް ބުނެ ދައުރުވާ ފޮޓޯތަކަށް އޭނާ ދިން ޖަވާބެއް ކަމަށް ބުނެފައެވެ.

ކިމްގެ ފިރިމީހާ ކާންޔޭ އާއި ވަކިވުމުގެ މަރުހަލާ ކުރިއަށް ދާއިރު، އެ ދެ މީހުންގެ މެދުގައި މިހާރު ވަނީ ގިނަ މައްސަލަތަކެއް ޖެހިފައެވެ. އެހެންވީމަ މިއީ ކާންޔޭ ކިމްގެ އަނބުރު ކަތިލާ، އޭނާގެ ކުރި މަރާލި ކަމަށް ދޭހަކޮށްދޭ ކަމަކަށް ވެސް ވެދާނެއެވެ. ނޫނީ އޭނާ މޫނު ފޮރުވީ ކާންޔޭ އާއި ވަކިވުމުން މީހުން ސުވާލު ކުރާ ވަރުން ލަދު ގަންނަކަން ހާމަކުރަންކަން ވެދާނެ ކަމަށް ވެސް ބައެއް މީހުން ބުނެއެވެ. ބައެއް ފެޝަން ޑިޒައިނަރުން ވަނީ މިއި އޭނާ އަށް ކޮންމެ ހެދުމެއްގައި ވެސް ޗާލުކޮށް ހުރެވޭނެ ކަން ދައްކާލަން ކުރިކަމެއް ކަމަށް ބުނެފައެވެ.

ނަމަވެސް ކިމްގެ އިންސްޓަގްރާމް އަށް ބަލާލުމުން ކިމް ކޮންމެވެސް މެސެޖެއް ދޭން އުޅޭހެން ހީވެއެވެ. ކިމްގެ އިންސްޓަގްރާމް ޕްރޮފައިލް ވެސް ކަޅުކޮށްފައި ވުމުން އެނާ އަށް ދެރަ ނޫނީ ހިތާމަވެރި ކަމެއް ދިމާވިކަން ނުސީދާ ގޮތަކަށް ހާމަވެއެވެ. ބޮޑަށް ބެލެވެނީ އެއީ ކާންޔޭ އާއި އޭނާ އާއި ދެމެދު ޖެހިފައިވާ މައްސަލަތަކާއި ގުޅުން ހުރި ކަމެއް ކަމަށެވެ. ކުރިން ކުލަ ގަދަ ހެދުންތަކަށް ވަރަށް ބޮޑަށް ލޯބި ކުރި ކިމް ފަހަކަށް އައިސް ކަޅު ހެދުންތައް އަޅަމުން ދަނީ އޭނާ އަށް ދިމާވެފައިވާ ހާލަތު ދައްކާ ދިނުމަށް ކަމަށް ބެލެވެއެވެ. ނުސީދާ ގޮތަކަށް އޭނާގެ މުޅި މީސްމީޑިއާ އިން ބުނެދެނީ މިއީ ދަތި، ކަޅު ދުވަސްތަކެއް ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުރޯ

    ކަޅު ކުރީ ކާންޔޭގެ ޑޮންޑާ އަލްބަމްގެ ތީމް ވީމަ

  2. ޭައަމީ

    ދޮގު މައުލޫމާތެއް ޕުރޮފައިލް ކަޅެއްނޫން