ބައިނަލްއަޤްވާމީ އަންހެނުންގެ ފިލްމް ފޯރަމް އާއި ޗޭމްބާ މީޑިއާ އެންޑް އެންޓަޓެއިންމެންޓް އިންޑަސްޓްރީއިން ގުޅިގެން ކުރިޔަށް ގެންދިޔަ 5 ވަނަ ޑރ. ސަރޮޖިނީ ނައިދު 'ދަ ނައިޓްއިންގޭލް އޮފް އިންޑިއާ އިންޓަނޭޝަނަލް އެވާޑް ފޯ ވޯކިންގް ވިމެން 2021' އެވާޑް އައިޝަތް ރިޝްމީ ރަމީޒަށް ލިބިއްޖެއެވެ.

ދިވެހި ފިލްމް އިންޑަސްޓްރީގައި އެތައް ދުވަހެއް ވަންދެން މަސައްކަތްކޮށް، ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުޅަދާނަ ބަތަލާ ރިޝްމީއަށް މި އެވާޑް ލިބިފައިވަނީ ދުނިޔޭގެ އެކި ހިސާބުތަކުން ބައިވެރިވި 7،000 ކެނޑިޑޭޓުންނާއި ވާދަކޮށް، ގަދަ 100 މީހުންގެ ތެރޭގައި ހިމެނިގެންނެވެ.

ލިބުނު ކާމިޔާބީ ފާހަގަކޮށް، ރިޝްމީ އިންސްޓަގްރާމުގައި ކޮށްފައިވާ ޕޯސްޓުގައި ވަނީ އޭނާގެ ފިރިމީހާ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ރަވީ ފާރޫގްއަށް ޝުކުރު އަދާ ކޮށްފައެެވެ. ރިޝްމީ ވަނީ މި އެވާޑާއި ހިސާބަށް ހާސިލްވުމަށް ފުރުސަތު ދިނީތީ މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިންގް އާޓްސްއަށް ޝުކުރު އަދާ ކޮށްފައެވެ. އަދި މި ފުރުސަތު ރިޝްމީއަށް ދިނީތީ އެކަން ފާހަގަކޮށް މުހައްމަދު ރަޝީދު (ދަރާބެ)އަށް ރިޝްމީގެ ހާއްސަ ޝުކުރު އަމާޒުކޮށްފައިވެއެވެ.

ކާމިޔާބީގެ ފަހަތުގައި ހުރި ލޯބިވާ ފިރިމީހާ ރަވީކަން ފާހަގަކޮށް ރިޝްމީ ބުނެފައިވަނީ އެހީތެރިކަން ފޯރުކޮށްދީ، މިކަމުގައި އެއްބާރުލުން ރަވީ ދީފައިވާ ކަމަށެވެ.

1993 ވަނަ އަހަރު ކުޑަކުއްޖެގެ ރޯލުން ބެލުންތެރިންނަށް ފެނިލި ރިޝްމީ އަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި އެތައް މަސައްކަތެއްކޮށްފައިވާ އާމިނަތު ރަޝިދާގެ ދޮށީ އަންހެން ދަރިފުޅެެވެ. 2006 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުމެ ރިޝްމީ މަސައްކަތް ކުރަން ފަށާފައިވާއިރު، މިހާތަނަށް އެތައް ޕްރޮޖެކްޓެއްގެ މަސައްކަތް އޭނާ ކޮށްފައިވެއެވެ. އެގޮތުން، 'ހުކުރު ވިލޭރޭ'، 'ފަނާ'، 'ލަވް ސްޓޯރީ'، 'މިޝްކާ' އަދި ކާމިޔާބު ވެބް ސީރީޒް 'އެހެނަސް'ގެ ލީޑް ރޯލްތަކުން ވެސް ރިޝްމީ ފެނިގެން ގޮސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޢިޔާބު

  ފިލްމް ކުޅޭ މީހުންނަށް ތަރިންނޭ ބަތަލުންނޭ ކިޔުން ހުއްޓާލަން ވެއްޖެ. ރަގަޅު ގޮތަކީ "ފިލްމް ކުޅޭ މިހުން" މިހެންކިޔުން

  50
  3
 2. ފޭރާން

  ދުންތަރި. ﷲޙަރާމްކުރެއްވި ކަންކަން ރީތިނަން ދީގެން އާޚިރުގައި އަރާނީ ދުމަށް،

  23
  1
  • ށޖސޖ

   އެމީހަކު ހެޔޮ ގޮތައް އުޅުނީމަ ނިމުނީ
   ކީއްކުރަން ތަކޮން މެހެން އެހެން މީހުން ކުރާކަން ކަން ބަލަނީ
   ކަލޭމެށް ކޮނ ކަމެއް

   3
   6
 3. ޒާ

  ތީ ނުވެގެން އުޅޭ ކަމަކީ. ތިޔަ އެވޯޑަކީ މަހުޝަރުދުވަހުން ތިމާއަށް ފައިދާ ކުރާނެ އެއްޗެއްތޯ ވިސްނާލުން މުހިއްމު.

  19
  3
 4. ސަމާ

  ރަވީގެ އެހީތެރކަން ލިބުނީ އިހައްދުވަހު.
  ކޮބާ އަޒޭ ހޭދަކުރިވަގުތާއި އެއްކޮށް ކެރިއަރ އެއް ބިލްޑްކުރަން ކުރި މަސައްކަތް.

  24
 5. އައްޒަ

  މިވެސް ވާނީ ގަތް އެވޯޑެއްކަމަށް. ނަހުލާ އަށް އެވޯޑެއް ލިބުނީމަ މި އެންމެން ހީވީ އެހެންފަދަ ކަމެއްހެން. ކޮންތާކު މި ޖެހުނީ

  11