ފިރިހެނަކު ބަރަހަނާކޮށް މަގުމަތީ، ފަހުން ފެނުނީ ފައިސާ ގުނަން އިންދާ!

މިސްރުގައި އުމުރުން 40 އަހަރުވެފައިވާ ފިރިހެނަކު ބަރަހަނާކޮށް މަގުމަތީގައި ހިނގާފައި ވަނީ ރަހުމަތްތެރިއަކާއެކު ބެޓްކޮށްގެން ކަން ހާމަވެއްޖެއެެވެ. އޭނާ ބަރަހަނާ ހާލުގައި ހިނގާފައި ވަނީ ޑެލްޓާ ވިލޭޖްގެ މަގެއްގެ މަތީގައެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނެފައިވާގޮތުގައި، އެ މީހާ ބަރަަަހަނާކޮށް މަގުމަތީގައި ހިނގަން ފެށުމުން ބައެއް މީހުން ވަނީ އޭނާގެ އައުރަ ނިވާ ކުރުމަށް އެހީތެރިވެދީފައެވެ. އެހެން ނަމަވެސް އޭނާ ދިޔައީ އެ މީހުންނާއި ދުރަށެވެ. މިގޮތަށް ވުމުން ބައެއް މީހުން ވަނީ އެެއީ ސިކުނޑި ހަމަނުޖެހޭ މީހެއްކަމަށް ބުނަން ފަށައިފިއެވެ.

"އަހަރެންނަށް ފެނުނު އެ ފިރިހެން މީހާ ބަރަހަނާކޮށް މަގުމަތީގައި ހިނގަމުން ދަނިކޮށް، ބައެއް ކުޑަކުދިން އޭނާއާ ވަށާވެސް ލި އެހެން ހިނގަމުން ދަނިކޮށް، އެއްބަޔަކު ހީކޮށްގެން ތިބީ އޭނާ ގުޅުން ހިންގަނިކޮށް ފަޅާރައިގެން ގެއަށް ދަނީ ކަމަށް". މަންޒަރު ދުށް މީހަކު އަލް ވަތަން ނޫހަށް ބުންޏެވެ.

މަންޒަރު ދުށް މީހުން ބުނީ ފަހުން އެ މީހާއަށް 25،00 މިސްރު ޕައުންޑް ދޭ މަންޒްރު އޭނާއަށް ފެނުނު ކަމަށެވެ. އެހެންކަމުން އެއީ އޭނާ ބެޓްކޮށްގެން ހޯދި ފައިސާކަން އެނގުނު ކަމަށް ބުންޏެވެ.

"އޭނާ ދެން އިނީ ގޭގެ ދޮރުމަތީގައި ބަރަހަނާކޮށް، ފައިސާ ގުނަން".

އޭނާއަކީ ފަގީރެއް ނޫންކަމަށްވެސް ވެއެވެ.

މިކަމާއި އެ ސަރަހައްދުގައި ދިރިއުޅުން ބައެއް މީހުން ކަންބޮޑުވެގެން ވާހަކަދެއްކިއެވެ. ނަމަވެސް މިހާތަނަށް ކަމާއި ގުޅުންހުރި އިދާރާތަކުން އެއްވެސް އެއްޗެއް ބުނެފައި ނުވާ ކަމަށް ވެއެވެ.