އެމެރިކާ ބޯޑަރުން އާއިލާއާއި ވަކިވެގެން އެކިތަންތަނަށް ހިޖުރަކޮށްގެން އުޅޭ ކުދިންނަށް އެހީވުމުގެ ގޮތުން 6 އަހަރުގެ ކުއްޖެއް ލެމަނޭޑްއާއި ކުކީ އަދި ކޭކު ފަދަ އެއްޗެހި ވިއްކައިގެން ރުފިޔާ ހޯދަނީ އެވެ.

6 އަހަރުގެ އެސްޓިންއަށް އެ އާއިލާތަކުގެ ވާހަކަ އިވުމުން އޭނާގެ މަންމަ ކައިރި ވަނީ އެކުދިންނަށް އެހީވުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ އަހާފައި އެވެ. އަދި ވަރަށް ވިސްނުމަށްފަހު އެސްޓިން ބޭނުންވީ ލުނބޯފަނި ވިއްކުމަށް ސްޓޯލްއެއް ހެދުމަށެވެ. އެސްޓިންގެ އާއިލާގައި އުޅެނީ މަންމަ އާއި ބައްޕަގެ އިތުރުން އުޅެނީ 3 އަހަރުގެ އަންހެން ކޮއްކޮ ރީޝް އެވެ.

އެގޮތުން އެސްޓިންގެ ހިޔާލު ބުނުމުން އޭނަގެ އާއިލާއިން އެކަމަކަށް ދެކޮޅެއް ނަހަދައެވެ. އަދި ފޭސްބުކްގައި ލެމަނޭޑް ސްޓޯލްގެ މައުލޫމާތު ހިއްސާކޮށް ހެދިއެވެ. މިކަމަށް ވަނީ އާއިލާގެ އިތުރުން އަވައްޓެހިންގެ އެޙީތެރިކަން ވަރަށް ބޮޑަށް ލިބިފައި ކަމަށް އެސްޓިން ބުނެއެވެ.

25 ޖޫންގައި ސްޓޯލް ހުޅުވުމުންވެސް އެހިސާބަށް ގިނަބަޔަކު އައިސް އެހީތެރިކަން ފޯރުކޮށްދެމުން ދިޔައެވެ. އެގޮތުން ހީކުރިވަރަށްވުރެ އަވަހަށް ވަނީ އެސްޓިން ވިސްނައިގެން ހުރި ޓާގެޓަށް ވާސިލްވެފައި އެވެ. އެގޮތުން 3 ގަޑިއިރު ތެރޭ 1000 ޑޮލަރު ސްޓޯލް އިން ލިބިފައިވާ ކަމަށް ރިޕޯޓްތަކަށް މައުލޫމާތު ދެމުން އާއިލާއިން ބުނެފައި ވެއެވެ.

އޭގެ އިތުރުން ވަރަށް ގިނަ މީހުން އޮންލައިންކޮށްވެސް އެހީތެރިކަން ވަމުންދާ ކަމަށާއި މިހާރު ޖުމްލަ 13،000 ޑޮލަރު ލިބިފައި އެވެ.

ޖޫން 24 ގައި އެސްޓިންގެ ސްޓޯލްގެ ޕޯސްޓަރ ފޭސްބުކްގައި ޝެއާ ކުރުމާއި ގުޅިގެން ގިނަ ބައެއްގެ ތަރުހީބުގެ ބަސްތައް އެސްޓިން ދިޔައީ އޮހެމުނެވެ.

ކިޔުންތެރިންގެ ހިޔާލު