ކިޔަވައިދޭ ޓީޗަރަށް ފައިސާގެ ދަތިކަން ހުރުމުން އެކަމަށް ދަރިވަރުން އެހީތެރިކަން ދީފިއެވެ.

ބްރެޒިލްއަށް އުފަން 28 އަހަރުގެ ބްރެޖޯ ސަންޓޯ އެ ސްކޫލުން ވަޒީފާ ހަމަޖެހުނީ އެމެޖެންސީކޮށް ޓީޗަރެއް ބަލިވުމާއި ގުޅިގެންނެވެ.

މިއުޒިކް ޓީޗަރެއްގެ ގޮތުގައި ބްރެޖޯ އުޅޭއިރު ފުރަތަމަ 3 މަސްދުވަހުގެ މުސާރަ ސްކޫލުން ވަނީ ހިފަހައްޓާފައި އެވެ. އެއީ ޕްރޮބޭޝަންގެ 3 މަސްދުވަހެވެ.

އެ ދުވަސްތަކުގައި އޭނާ ފައިސާއަށް ދަތިވުމުގެ ސަބަބުން ނިދަން ޖެހުނީ ކުލާސްރޫމުގައި އެވެ. އަދި ކޮންމެ ދުވަހަކު ދަރިވަރުން އަންނަންވާއިރަށް ހޭލައި ތައްޔާރުވެގެން ހުރެއެވެ. ނަމަވެސް އެއް ދަރިވަރަށް އޭނާ ސްކޫލުގައި ނިދަނިކޮށް ފެނުނީއެވެ. އަދި އެވާހަކަ ހުރިހާ ދަރިވަރުންނަށް ހިއްސާކޮށް ޓީޗަރު ގާތު ސުވާލު ކުރިއެވެ.

އެގޮތުން ކުއްޏަށް ހުންނަންޖެހޭ ކަމަށާއި ނަމަވެސް މުސާރަ ނުލިބުމުން ނިދައި ކައި ފެންވަރާ ހަދަނީ ސްކޫލުގައި ކަމަށް އެނާ ކިޔައިދިނެވެ.

ދަރިވަރުން ޓީޗަރުގެ ވާހަކަ އަޑުއަހާފައި އޭނާއަށް ރުފިޔާ ހޯދައިދިނުމަށް މަސައްކަތް ފެށިއެވެ. ބްރެޖޯގެ މޭޒުމަތީގައި ކުޑަ ފޮއްޓަކަށް ލައިފަ ބެހެއްޓިއެވެ. ކުލާހަށްއައިސް ހުރިހާ ދަރިވަރުންނާއި ސުވާލުކުރަމުން ފޮށި ހުޅުވިއިރު އޮތީ ރުފިޔާއެވެ. 400 ޑޮލަރު އެ ފޮށީގައި އޮތްއިރު އެއީ އޭނަގެ ދެ މަހުގެ މުސާރައެވެ.

ބްރެޖޯ ބުނިގޮތުގައި އެއީ އޭނާ ހީވެސް ނުކުރާވަރު ކަމެއް ކަމަށާއި އުފަލުންގޮސް ކުލާހުގައި ރޯން ފެށުނީކަމަށެވެ. އަދި އޭނާ ރޯން ފެށުމުން ހުރިހާ ކުދިން އައިސް ބައްދާލިކަމަށް އޭނާ ކިޔައިދިނެވެ.

ރަނގަޅު ޓީޗަރެއްނަމަ ދަރިވަރުންގެ ލޯބި އެމީހަކަށް އޭގެ އެންމެ ފުންމިނުން ލިބޭނެ އެވެ. ބްރެޖޯއަށްވެސް ލިބުނީ އެކުދިންގެ ލޯތްބެވެ.

ކިޔުންތެރިންގެ ހިޔާލު