އިނގެރޭސި ވިލާތުގައި މީހެއްގެ ކައިވެންޏަށްފަހު ފޮޓޯ ނަގަން ނަގަން ނިއުމުން މީހަކު އެކަމަށް ހުރަސް އަޅައިފިއެވެ.

ބޭރުގެ ނޫސްތަކުގައި ބުނެފައިވަނީ ކައިވެނީގެ ފޮޓޯތައް ހަޑިކޮށްފައިވަނީ އުމުރުން 28 އަހަރުގެ އަންހެނެއް ކަމަށެވެ. ކައިވެނި ކުރި މީހާގެ އާއިލާއިން ބުނެފައިވާ ގޮތުގައި ކައިވެނި ކުރުމަށްފަހު އާއިލާމީހުން ކޯޓުން ބޭރަށް ފޮޓޯނަގަން ދިޔަ ކަމަށާއި ނަމަވެސް އެތާގައި އުމުރުން 28 އަހަރުގެ އަންހެނެއް "ސަން ބާތް" ކުރަން ކަމަށް ބުނެ އޮށޯއްވެގެން އޮތް ކަމަށެވެ.

މިޢާއިލާއިން ބުނެފައިވަނީ ކޯޓުން ބޭރު އިތުރު ހުސް ސަރަހައްދެއް ނެތުމާއެކު މިމީހާކުރެން އެތަނުން ތެދުވުމަށް ތަކުރާރުކޮށް އެދުނު ކަމަށާއި ނަމަވެސް ގޮތް ދޫކުރުމުގެ އުސޫލެއް މިމީހާ ގެންގުޅެފައި ނުވާކަމަށެވެ.

ކައިވެނި ކުރި އާއިލާއިން ބުނެފައިވަނީ މިއީ އާއްމުކޮށް މިހުން އިރުގެ ހޫނުކަން ލިބިގަތުމަށް އަންނަ ތަނެއްވެސް ނޫން ކަމަށާއި މިއަންހެން މީހާގެ އަމަލު މިގޮތަށް ހުރުމުން މިއީ ކޮންމެވެސް ކަހަލަ ހަސަދައެއް ފިލުވާލަން ކޮށްގެން އުޅޭ ކަމެއް ކަމަށް ހީވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު