ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ދިގު ދަތުރުތައް ކުރުމަށް އެންމެ ގިނައިން ބޭނުންކުރަނީ މަތިންދާ ބޯޓެވެ. މި ހިދުމަތަށް ބޮޑު ޑިމާންޑެއް އޮތް އިރު މި ހިދުމަތް އަބަދުވެސް އަހަރުމެންގެ ބޯމަތިން މަތިންދާ ބޯޑު ދާތަން ފެނެއެވެ.

ބައެއް ފަހަރު ހިތާމަވެރި ހާދިސާތަކާއިވެސް ކުރިމަތިވާއިރު މަތިންދާ ބޯޓުން ވައިގެ ތެރެއެއް ދޫކޮށްލާ ނަޖިސް މީހެއްގެ ގަޔަށް ވެއްޓުނު ވާހަކަ އަޑުއިވޭނީ މަދުފަހަރެއްގައިއެވެ.

ނަމަވެސް މިފަދަ ހާދިސާއެއް މި ވަނީ ހިނގާފައެވެ. އިނގިރޭސިވިލާތުގެ ވިންޑްސާގައި ހިނގި މި ހާދިސާގައި މަތިންދާބޯޓުން ވައްޓާލި އިންސާނުން ބޭރު ކުރާ ނަޖިސްތައް ޖެހުނީ ބަގީޗާއެއްގައި މަސައްކަތް ކުރަން ހުރި ފިރިހެނެއްގެ ބޮލަށެވެ. އަދި ބަގީޗާގެ އެކި ސަރަހައްދަށްވެސް ނަޖިސް ވެއްޓިފައިވާއިރު އެމީހާ ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މަތިންދާ ބޯޓުގެ ފާހަނާތަކުން ނަޖިސްތައް އާންމުކޮށް ބޭރުކުރަނީ އެއާޕޯޓުތަކަށް ޖައްސާ ފަހުންނެެވެ. ނަމަވެސް ބައެއް އުދުހެމުން ގޮސްވެސް ބައެއް ހާލަތްތަކުގައި ނަޖިސްތައް ވައިގެ ތެރެއަށް ދޫކުރާއިރު މީހުންގެ ބޮލަށާއި މީހުން ދިރިއުޅޭ ގެތަކުގެ މައްޗަށްވެސް ވެއްޓިފައި ހުރެއެވެ.

އެއާޕޯޓްތަކުގައި 40 އަހަރަށްވުރެ ގިނަ އަހަރުވަންދެން މަސައްކަތް ކޮށްފައިވާ މީހެއް ކަމަށްވާ ޖިއޯފް ޕެކްސްޓަން ބުނީ މިކަހަލަ ހާދިސާއެއް ހިނގާނީ ވަރަށް މަދުފަހަރަކުން ކަމަށާއި އަދި އެންމެ ފަހުން މިފަދަ ކަމެއް ހިނގި ތާރީހެއްވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

ފަހުގެ މަތިންދާބޯޓުތަކުގައި ފާހަނާ ތަކުން އުފައްދާ ނަޖިސްތައް ބޭރުކުރާނީ ނޫ އައިސް ބޭނުންކޮށް އެއްކޮށް ފިނިކޮށްފައިއެވެ.

ކޯރުތަކުން ފެން ނަގައިގެން ބޯން ފެން އުފައްދާ ފަރާތްތަކުން މިފަދަ ހާދިސާތައް ދިމާވުމުން ފްލައިޓްތައް ބޮޑު ޢަދަދުތަކުން ޖޫރިމަނާ ކުރެއެވެ.

އެހެންވުމުން އިންސާނެއްގެ ބޮލަށް މިފަދަ ނަޖިހެއް ވެއްޓިއްޖެ ނަމަ ހަމަ ބޮޑު ޢަދަދަކުން ޖޫރީމަނާ ނުކުރެވެންވީ ސަބަބެއްވެސް ނެތް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.