މެކްސިކޯގެ ކެރީބިއަންގެ އައްސޭރި ފަށުގެ ރިސޯޓެއް ކަމަށްވާ ތުލޫމްގައި ޑްރަގް ދެ ގޭންގެއްގެ ދެމެދުގައި ހިންގި ބަޑީގެ ހަމަލާތަކެއްގައި މަރުވި ބިދޭސީ ދެ ފަތުރުވެރިންގެ ތެރެއިން އެކަކީ ކެލިފޯނިއާއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ އެންޖަލީ ރިއޮޓްއެވެ.

އޭނާ މެކްސިކޯއަށް ދިޔައީ އުފަން ދުވަސް ފާހަގަކުރުމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރިއޮޓް މަރާލާފައިވަނީ ޖަރުމަނުގެ އެހެން ފަތުރުވެރިއަކާއެކު ހުއްޓާއެވެ.

ރިއޮޓް ތުލުމްއަށް ގޮސްފައި ވަނީ މިދިޔަ ހަފްތާ ހޯމަ ދުވަހުއެވެ. އޭނާގެ އުފަން ދުވަހަކީ އޮކްޓޯބަރު 22 ވަނަ ދުވަހެވެ.

އޭނާގެ އިންސްޓަގްރާމް އެކައުންޓުން ދައްކާގޮތުން އޭނާއަކީ ކެލިފޯނިއާގެ ސެން ޖޯސްގައި ދިރިއުޅޭ ހިމާޗަލް ޕްރަދޭޝްގެ ޓްރެވަލް ބްލޮގަރެކެވެ.

ރިއޮޓް އަކީ ޖުލައި މަހުން ފެށިގެން ލިންކްޑްއިންގައި ސީނިއާ ސައިޓް ރިލައިބިލިޓީ އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. ކުރިން އޭނާ ޔަހޫގައި ވަޒީފާ އަދާކުރިއެވެ.

އޭނާއާ އިތުރު މީހަކަށް ހަމަލާ އަމާޒުވެފައި ވަނީ، ބުދަ ދުވަހުގެ ރޭ 10:30 ހާއިރު އޭނާ އާއި އިތުރު ހަތަރު ބިދޭސީ ފަތުރުވެރިއަކު ލަ މަލްކުއިރިޑާ ރެސްޓޯރެންޓްގެ ޓެރަސްމަތީގައި ކާން ތިއްބާއެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ މީހުންގެ ގަޔަށް ބަޑި ޖަހާފައި ވަނީ އެސޯލްޓް ރައިފަލް ބޭނުންކޮށްގެން ހަތިޔާރު އެޅި ހަތަރު މީހެކެވެ.

މި ހާދިސާގައި ރިއޮޓް އާއި ޖަރުމަނު އަންހެން މީހާ މަރުވެފައިވާއިރު، ޖަރުމަނާއި ނެދަލެންޑްސް އަށް ނިސްބަތްވާ ތިން މީހުން ވަނީ ޒަހަމްވެފައެވެ.

ވާދަވެރި ގޭންގުތަކުގެ މެދުގައި ކުރިމަތިލުމެއް ހިނގިއިރު، އެ ދެ ގޭންގަކީ އެ ސަރަހައްދުގައި މަސްތުވާތަކެތި އޮޕަރޭޓް ކުރާ ބައެއް ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަން

    އެ ނުވޭދޯ ޓެރެރިސްތުންނަކަށް.

    10
    • ޝިޔާމް

      މުސްލިމް ބައެއް ނޫން. ވީމާ ނުވާނެ ޓެރެރިސްޓުންނަކަށް!!!!