ބޮލީވުޑްގެ ސުޕާ ސްޓާރ ޝާހްރުކް ޚާން އާއި ކުރީގެ ބަތަލާ ޖޫހީ ޗަވްލާގެ ގުޅުން ފެށުނީ އެ މީހުން އެކުގައި ފިލްމްތަކެއްގައި މަސައްކަތް ކުރި ފަހުންނެވެ. އޭގެ ފަހުން އެ މީހުންގެ ރަހުމަތްތެރިކަން ވަރަށް ރަނގަޅެވެ.

މިފަހަކުން މި ދެ މީހުންގެ ވާހަަކަ ނޫސްތަކަށްް އަރާފައި ވަނީ ޝާހްރުކްގެ ދަރިފުޅު އަރްޔާން ޚާން މަސްތުުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރުމަށްފަހު ކަފާލާތުގެ ދަށުން ދޫކޮށްލާ ފައިސާ ދައްކަން އޭނާ އެއްބަސްވުމުންނެވެ.

އެހެންކަމުން މި ދެ މީހުންގެ ރަހުމަތްތެރިކަމުގެ ގުޅުން ވަރަށް ރަނގަޅުކަން މި ވަނީ ހާމަވެފައެވެ.

މިދިޔަ އަންގާރަ ދުވަހު އަނެއްްކާ ޖޫހީ އާއި ޝާހްރުކްގެ ވާހަކަތައް އައިސްފައި ވަނީ ޝާހްގެ 56 ވަނަ ދުވަހު ޖޫހީ ޝާހްގެ ނަމުގައި 500 ގަސް އިންދާނެ ކަަމަށް ބުނި ހިސާބުންނެވެ.

 

View this post on Instagram

 

A post shared by Juhi Chawla (@iamjuhichawla)

ޖޫހީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާއާ ޝާހްރުކްއާއެކު ނަގާފައިވާ ގިނަ ފޮޓޯތަކެވެ. އޭގެ ކެޕްޝަންގައި އޭނާ ވަނީ ޝާހްރުކްއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔާފައެވެ. އަދި އޭނާގެ އުފަން ދުވަހާއި ގުޅުވައިގެން އޭނާގެ ނަމުގައި 500 ގަސް އިންދާނެ ކަމަށް ޖޫހީ ބުނެފައި ވެއެވެ.