ބޮލީވުޑުގެ ބަތަލާ ޝިލްޕާ ޝެޓީ ކުންދުރާގެ ފިރިމީހާ ރާޖު ކުންދުރާ ޖަލުން ސަލާމަތް ވުމަށް ފަހު ފުރަތަމަ ފަހަރަށް ދެމީހުން އެކުގައި ބޭރުން ފެނުނު ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

ބަރަހަނާ ވީޑިއޯ އުފެއްދައި އެޕްލިކޭޝަނެއް ހިންގުމުގެ ތުހުމަތުގައި މި އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު ޖަލަށް ލީ ރާޖު ކަފާލާތުގެ ދަށުން ޖަލުން ސަލާމަތް ވެފައިވަނީ ސެޕްޓެމްބަރު މަހުއެވެ.

ޖަލުން ސަލާމަތްވެގެން ގެއަށް އައި ނަމަވެސް ރާޖު ވަނީ މީޑިއާއާއި ޕަޕަރާޒީންގެ ލޯތަކަށް ފިލައިފައެވެ. އޭގެ މަހެއްހާ ދުވަސް ފަހުން ރާޖުއާއި ޝިލްޕާ އެކުގައި މިވަނީ ފެނިފައެވެ.

ހިމާޗަލް ޕްރަދޭސްގެ ޓެމްޕަލްއަކަށް ރާޖުއާއި ޝިލްޕާ ވަނީ ގޮސްފައެވެ. ރީނދޫ ކުލައިން ދެމީހުން ވެސް ގުޅުވައިގެން ހެދުން އަޅާފައިވާއިރު ދެމީހުން ހިނގާފައި ދިޔައީ އަތުގައި ހިފައިގެންނެވެ.

އިންޑިޔާގެ ރިޕޯޓްތަކުގައިވާ ގޮތުން ޝިލްޕާއާއި ރާޖުގެ އިތުރުން އެދެމީހުންގެ ދެ ދަރިން ކަމުގައިވާ ވިއާންއާއި ސަމިޝާ ކުންދުރާ ވަނީ މިދިޔަ ހޮނިހިރު ދުވަހު ހިމާޗަލް ޕްރަދޭޝްއަށް ޗުއްޓީ ހޭދަކޮށްލުމަށް ގޮސްފައެވެ.

ރާޖުގެ މައްސަލައާއި ގުޅޭގޮތުން މިހާތަނަށް ޝިލްޕާ ވާހަކަ ދައްކާފައެއް ނުވެއެވެ. ނަމަވެސް އޭނާ ވަނީ އޭނާ ކިޔައި ފޮތްތަކުން ކަމާއި ގުޅުން ހުރި ތަފާތު އެކި ވާހަކަތައް އިންސްޓަގުރާމުގައި ހިއްސާ ކޮށްފައެވެ.

ބަރަހަނާ ވީޑިއޯ އުފެއްދުމުގެ ތުހުމަތުގައި ރާޖު ހައްޔަރު ކުރުމުން ޝިލްޕާއަށް ވަނީ އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ. އެހެން ނަމަވެސް ޝިލްޕާ ވަނީ އެ ހުރިހާ ކަމަކާއި ކުރިމަތިލައި، ހިތްވަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޥަކީލު

    ކަލެއަށް ތިއޮތީ ހަމަ އަލިފެއް ލިބިފަ.ހާދަ ފޫއްސޭ.ގައިމު އަކްޝޭ ކުމާރާ ޝާދީ ކުރިނަމަ.އަދި ރީނދޫ ހުންޖެހިފަ މިތިބީ

    2
    3