ބޮލީވުޑްގައި މިދިޔަ އަހަރު އެންމެ ގަދަޔަށް ދެކެވިގެން ދިޔަ އެއް ވާހަކައަކީ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ޕޯނޯގްރަފިކް ކޮންޓެންޓް އުފެއްދި މައްސަލައިގައި ހައްޔަރުކި ވާހަކައެވެ. އަދި ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލި ހިސާބުން ފެށިގެން ރާޖް އަށް މީސް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މިގޮތުން މިހާރު ދެކެވެމުންދާ ވާހަކައަކީ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި އޭނާގެ އަންހެނުން ޝިލްޕާ ޝެޓީ އާއި ކޮއްކޮ ޝަމީތާ ޝެޓީއާ އެކު ފެނިގެން ދިޔަ ވީޑިއޯއެއްގެ ވާހަކައެވެ.

އެ ވީޑިއޯގައި ރާޖް ވަނީ އޭނާ ޕާޓީ ކުރަން ވަރަށް ބޭނުންވި ނަމަވެސް އޭނާގެ އަންހެނުން ޝިލްޕާ ގޭގައި ފޮތް ކިޔުމާއި ޓީވީ ބަލަން ވަގުތު ހޭދަކުރަން ވަރަށް ކަމުދާ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް ޝަމީތާ އޭނާއާއެކު ޕާޓީ ކުރަން އަބަދުވެސް ތައްޔާރުވެ، އޭނާއަށް ވަގުތު ދޭ ކަމަށް ބުންޏެވެ.

މި ވީޑިއޯ އާއްމުވުމާއެކު އެތައް ބައެއްގެ ފާޑު ކިޔުން ރާޖް އަށް އަމާޒު ވިއެވެ

މިހާރު ދެކެވެމުންދާ ވާހަކައަކީ ރާޖްގެ މައްޗަށް ބިނާކޮށް ފިލްމެއް ހަދަން އުޅޭ ކަމުގެ ވާހަކަތަކެވެ. އެ ވާހަކައަކީ ޕޯނޯގްރަފީގެ މައްސަލާގައި ހައްޔަރު ކުރުމަށް ފަހު އޭނާ ކުރި ދަތުރުގެ މައްޗަށް އުފައްދާ ފިލްމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމްގައި އޭނާ އަމިއްލައަށް އޭނާގެ ރޯލު އަދާ ކުރާނެއެވެ. އަދި ފިލްމުގައި މައްސަލައިގެ އިބްތިދާއީ ރިޕޯޓުތަކުން ފެށިގެން 63 ދުވަހުގެ ޖަލުގައި ހޭދަ ކުރުމަށް ފަހު، ފަހުން ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލުމާ ހަމައަށް ހުރިހާ ކަމެއް ގެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ބައި ވަން ގެޓްވަން ފުރީ!

    1
    1
  2. ސިމްޕް

    ދިވެހި ފިރިހެނުންގެ ވެސް ވައްތަރު އަންހެނުންގެ ކޮއްކޮއަކާ ނޫނީ ދައްތައަކާ އަޅައިގަނެގެން އުޅޭނީ