ފިލްމީ ތަރި އަބްދުﷲ މުއާޒް އާއި މަޝްހޫރު އެކްޓްރެސް މަރިޔަމް އައްޒަ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުތައް ފެތުރިއްޖެއެވެ.

އައްޒަ އާއި މުއާ ދާދި ފަހުން ވަނީ ދިވެހި ފިލްމު "ލީނާ" އުފެއްދުމުުގައި އެކުގައި މަސައްކަތް ކޮށްފައެވެ. އެ ފިލްމު ޕްރޮޑިއުސް ކުރުމުގެ އިތުރުން ފިރިހެން ބަތަލުގެ ގޮތުގައި މުއާ ފެނިގެންދާނެއެވެ. އެ ފިލްމުގައި އައްޒަ ކުޅެނީ "ލީނާ" ގެ ރޯލެވެ.

މީގެ ކުރިން ވެސް އައްޒަ އާއި މުއާގެ ދެމެދުގައި އޮންނަ ހާއްސަ ގުޅުމާއި ބެހޭގޮތުން ވާހަކަތައް ދެކެެވުނެވެ. އެހެން ނަމަވެސް އެ ދެ ފަންނާނުން މީސް މީޑިއާގައި ފަހަކަށް އައިސް ކުރާ ޕޯސްޓުތަކުގެ ސަބަބުން އެ ދެމީހުންނަކީ ޖޯޑެއް ކަމަށް ގިނަ ބަޔަކު މިހާރު ދަނީ ބުނަމުންނެވެ.

އެގޮތުން މިއަދު އިންސްޓަގްރާމުގައި އައްޒަ ޓެގް ކޮށްފައި ކުރި ޕޯސްޓެއްގައި މުއާ ބުނެފައި ވަނީ "އައި ލަވް ޔޫ" ކަމަށެވެ. އެއާއެކު އައްޒަ އާއި މުއާ އާއި ބެހޭގޮތުން ދެކެވޭ ވާހަކަތަކުގެ އަޑު މިވަނީ ގަދަވާން ފަށާފައެވެ.

i love you @axzxa

A post shared by Muaa Abdulla (@muaa_abdulla) on

މި ދެ ތަރިންގެ މެދުގައި އޮތް ގުޅުމާއި ބެހޭގޮތުން "ވަގުތު" އިން މިއަދު ސުވާލު ކުރުމުން އައްޒަ ބުނީ އޭނާގެ އެހެން ރަހުމަތްތެރިން ވެސް އެގޮތައް "އައި ލަވް ޔޫ" ޖަހާފައި ފޮޓޯ ޕޯސްޓު ކުރާ ކަމަށެވެ. އަދި މުއާ އާއެކު އުޅެނީ ލޯބީގެ ގޮތުން ގުޅިގެންތޯ ބުނުމުން "ނޯ ކޮމެންޓް" ކަމަށް ބުނި އިރު އޭރަކު މަސައްކަތް ކުރާ މީހަކާއި ގުޅުވައިގެން އަބަދުވެސް އަޑު އަރާނެ ކަމަށް އޭނާ ބުންޏެވެ.

މުއާ އާއި އައްޒަ ވެސް މީގެ ކުރިން ވަނީ ކައިވެންޏެއް ކޮށްފައެވެ. އަދި އެ ދެމީހުންނަށް ވެސް ކުރިން ކުރި ކައިވެނިން ދަރިއަކު ލިބިފައި އެބަ ހުއްޓެވެ.

މުއާ އާއި އައްޒަ އެކުގައި ފެނިގެންދާނެ ފިލްމު "ލީނާ" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނު ކޮށްފަައި ނުވެއެވެ. މި ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ކުޅެފައިވާ ފިިލްމެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މި އައްޒައަކީ ރާއްޖޭގެ ކާޑޭޝިއަންތަ؟

    • ރާެއްޖޭގެ ކޭމާޓުޓިޝިއަން އެއީ

      • ކިމް ކާރޑޭޝިއަން

        ކޭމާޓުޓިޝިއަން އަށް ވިޔަސް މައްސަލައެއް ކޮބާ؟؟ ދުވާލު ދެ އިރު ޑައިޓު ކުރަމުން އުޅޭ ކުދިން ގޮތަކަށް އައްޒަ ފުއްޕި ބޯކިބަލަކަށް ވެގެން ނުދޭ ވިއްޔާ!! އެހެންވީމަ ކިތައްމެ ވަރަކަށް ކެޔަސް ކޮބާތަ ދޯ މައްސަލަ އެއް؟؟ ޔޫ ތި އުޅެނީ ހަމަ ޖޭ ވެގެން ދޯ. ލޮލް

  2. މިއަދު ޖޯޑެއް، މާދަމާ ވަތުތައްޓެއް.. މީ މިބައިމީހުންގެ ހާލު، ދޮގު ކުރިޔަސް މިދެމީހުން އުޅެނީ ރައްޓެހިވެގެން.. އެހެން ނޫންނަމަ މިފެންނަ މަންޒަރުތަކެއް ނުފެނުނީސް..

  3. ބަޑި ސްޓަރ

    ތީ ފިލްމު ސްޓާރުއްނެއްނޫން ތީ ބަޑިސްޓާރުން ތީމީހުން އާއްމުދަނީ ހޯދަންކުރާ ކަމަކީ އިނދެ ވަރިކުރުން ، މިއަދު ރަންގަޑަކަށް ވެގެން އިންނާނި މާދަމާ ހިލަގަޑަކަށް ވެގެން ވަރިކުރާނެ ވާވާ ....

  4. ލަނޑަޔާވާނީ ލަނޑަޔާ

  5. އޮރިޔާންހާލުގާ ހެދުން އަޅާމީހެއް.އެއްވެސް ދީންކަމެއްނެއް މީހެއް ތީ.

  6. އައްޒޭ ދޭބަލަ. ފަސްނަމާދު ގާއިމު ކުރަން ނިކަން ހެއްދެވި ފަރާތް ހަނދުމަ ކޮށްބަލަ.

    • ނަވީންބްރޯ.

      ރަނގަޅު ވާހަކައެއް. އެކަމު ހައު ޔޫ އެޒުމުންޑ ނަމާދު ނުކުރާކަމެއް. ހަބަރުގަ މިހެން އޮތީތަ

  7. އެހެންފިރި ހެނުންމަގަފުރައް ދަންއުޅޭބައެއްތީ އިސްލާމް ދީނުގައި އަނގަވާފާ އޮއްނަގޮތަށް. ހެދުންލާ ބަލަ.