ޔޫޓިއުބް ތަރި މިސްޓަރބީސްޓް 456 ކުޅުންތެރިންނަށް ދައުވަތު ދީގެން ސްކުއިޑް ގޭމްގެ ރިއަލް ލައިފް ވާޝަންއެއް އުފައްދައިފިއެވެ.

މި ގޭމް އިންތިޒާމުކުރި ފަރާތުން ބުނީ މި ގޭމުގައި ބައިވެރި ކުރި މީހުންނަކީ އެކި ތަންތަނަށް ދަރާފައިވާ ފައިސާއަށް ބޭނުންޖެހިފައިވާ ފަރާތްތައް ކަމަށެވެ. އަދި އެ ފަރާތްތަކުން މިހާރު ތަހައްމަލް ކުރަމުންދާ ދަތިހާލުން އަރައިގަތުމަށް އެހީވުމަށް ގޭމް ރޭވި ފަރާތުން ކޮންމެވެސް ވަރެއްގެ ފައިސާގެ އިނާމެއް ކޮންމެ ބައިވެރިއަކަށްވެސް ދޭނެ ކަމަށެވެ.

މި ގޭމްތައް ބިނާވެފައި ވަނީ ކްލެސިކް ޗިލްޑްރެންސް ގޭމްތަކުގެ މައްޗަށެވެ. މީގެ ތެރެއިން ބައެއް ގޭމްތަކަކީ ކޮރެޔާއަށް ހާއްސަ ގޭމްތަކެކެވެ. އަނެއްބައި ގޭމްތަކަކީ "ރެޑް ލައިޓް، ގްރީން ލައިޓް" ފަދަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރު ގޭމްތަކެކެވެ.

76.2 މިލިއަން ސަބްސްކްރައިބަރުން ތިބި އިންޓަނެޓް ޕާސަނަލިޓީ، ސްކުއިޑް ގޭމް ސެޓްގެ ހަގީގީ މުނިފޫހިފިލުވުމުގެ މަސައްކަތް ބިނާކުރުމުގެ މުޅި ޕްރޮސެސް ލިޔެފައި ވެ އެވެ.

"އަސްލު ދިރިއުޅުމުގައި ސްކުއިޑް ގޭމް އިން އަޅާ ކޮންމެ ފިޔަވަޅަކަށް އަހަރެން އަލުން ރިކްރިއޭޓް ކުރީ،" މިސްޓާބީސްޓް ވީޑިއޯގެ ފެށުމާ އެކު އޭނާބުނެވެ.

އޭނާގެ ވާޝަންގައި ގޭމްގައި އެއްވެސް ކުޅުންތެރިޔަކަށް ގެއްލުމެއް ނުލިބޭއިރު އެ ކުޅުންތެރިން އެކަހެރިކުރާނެއެވެ. މި ގޭމުގައި ބައިވެރިވި ހުރިހާފަރާތްތަކަށްވެސް ކޮންމެވެސް ވަރެއްގެ ފައިސާގެ އިނާމުތަކެއް ވަނީ ދީފައެވެ.

"ރެޑް ލައިޓް، ގްރީން ލައިޓް" ގޭމް ކުޅެފައި ވަނީ ކޮންމެ ކުޅުންތެރިއެއްގެ އަތަށް ދީފައިވާ ޑިވައިސް ގޭމުން ކެޓުމުން ޕޮޕްވާ ހިސާބުންނެވެ.

ބީސްޓް ހާމަކުރި ގޮތުގައި ގޭމުގެ ވީޑިއޯ ހެދުމަށް 3.5 މިލިއަން ޑޮލަރު (53 މިލިއަން ރުފިޔާ) އަށް ވުރެ ބޮޑު ޚަރަދެއް ހިނގިއިރު، އޭގެ ފަންޑިން އޭނާއަށް ފޯރުކޮށްދީފައިވަނީ މޯބައިލް ގޭމް ކުންފުނި "ބްރަވަލް ސްޓާސް" އިންނެވެ.

ގޭމަށް ޚަރަދުކުރި ފައިސާ ދެ ބަޔަކަށް ބަހާލާފައިވާއިރު، ސެޓް ބިލްޑިން އަށާއި ޕްރޮޑަކްޝަނަށް ދެ މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ) އަދި ފައިސާގެ އިނާމުގެ ގޮތުގައި 1.5 މިލިއަން ޑޮލަރު (23 މިލިއަން ރުފިޔާ) ވަނީ ބަހާލައިފަ އެވެ.