މީސް މީޑިޔާ މެދުވެރިކޮށް މިސްރާއި ބެހޭގޮތުން ދޮގު ވާހަކަތައް ފެތުރި އަންހެނަކު އަށް އަހަރަށް ޖަލަށް ލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ލުބްނާނަށް ނިސްބަތްވާ އެ އަންހެން މީހާއަކީ މިސްރަށް ގޮސްފައިވަނީ ފަތުރުވެރިއެއްގެ ގޮތުގައެވެ. އޭނާ ފޭސްބުކްއަށް ލި ވީޑިޔޯއެއްގައި ބުނެފައި ވަނީ އެ ގައުމަށް ދިޔުމުން އޭނާއަށް ޖިންސީ ގޮތުން ފުރައްސާރަކޮށްފައިވާ ކަމަށެވެ.

ކައިރޯ ކޯޓު އިން އޭނާ އަށް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ އިއްޔެއެެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އެ ގައުމުގައި ޗުއްޓީ ހޭދަ ކުރުމަށްފަހު ފުރަން އެއާޕޯޓަށް ގޮސްހުއްޓާއެވެ.

އޭނާ މީސް މީޑިޔާއަށް ލި ވީޑިޔޯގައި ވަރަށް ހުތުރު ބަހުން ވަނީ މިސްރާއި ދިމާލަށް އެއްޗެހި ކިޔާފައެވެ.

އެގޮތުން، މިސްރު މީހުން މަގުމަތިން އޭނާއަށް ޖިންސީ ފުރައްސާރަ ކުރިކަމާއި، ޓެކްސީ ޑްރައިވަރުން އޭނާއަށް ޖިންސީ ފުރައްސާރަ ކުރިކަމާއި، އަދި ރަމަޟާން މަހުގައި ރެސްޓޯރެންޓަކުން ދެމުން އައި ހިދުމަތުގެ ފެންވަރު ދަށް ވާހަކަ އޭނާ ވަނީ ދައްކާފައެވެ. އަދި އޭގެ އިތުރުން ކުރިން އޭނާ އެގައުމަށް އައި ފަހަރެއްގައި ފައިސާތައް ވަގަށް ނެގި ކަމަށްވެސް ބުނެފައި ވެއެވެ.

އެ ކޯޓުން ވަނީ އޭނާ ދެއްކި ހުރިހާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ބުނެފައެވެ. އަދި އެ ދޮގު ވާހަކަތަކުގެ ސަބަބުން އެ ގައުމުގެ މީހުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭނެކަމަށްވެސް ކޯޓުން ބުންޏެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުމެއް މި މަހު 29 ވަނަ ދުވަހު އަޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހެހެހ

    ނަސް ޑެއިލީ މީހާ ބޯބޮޑު، އެމީހާ އެކްސް ގެ ވީޑިއޯ އަޕްލޯޑުކުރީ ގައުމުން ދިއުމަށްފަހު. ނަސް ޑޭލީ އަކީ ޔަހޫދީންގެ ޕްރޮޕެގެންޑާއެއް.

  2. އެނގޭތަ

    ހުކުމް ކުރުމަށްފަހު ކޮން އިތުރު އަޑުއެހުމެއްތަ؟

    • ޖޮއްބެ

      ޙުކުމްކުރުމަށްފަހު އިތުރު އަޑުއެހުމެއް އެ ބާއްވަނީ އޭނާގެ މައިބަދައިގަ މައްސަލައެއްހުރިތޯ ބަލަންތޯއްޗެ.