ބަރުދަނުުގައި 61.8 ކިލޯއަށްވުރެ މަތި ހުންނަ އަންހެނުންނަށްނަށް ހިލޭ ޕާކަށް ވަދެވޭ ގޮތް ޗައިނާގެ ޕާކަކުން ހަދައިފިއެވެ.
ޗަނިއާގެ ނޫހެއް ކަމަށްވާ ޗައިނާ ޑެއިލީގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިގޮތަށް ބަރުދަނުގައި 61.8 ކިލޯއަށް ވުރެ ބަރު މީހުންނަށް ހިލޭ ޕާކަށް ވަދެވޭ ގޮތް ހަދާފައިވަނީ ޗައިނާގެ ޒަޢިން އަވަށުގައި ހުންނަ ޓަންގް ޕެރަޑައިސް ނަމަކަށް ކިޔާ ޕާކަކަށް ކަމަށެވެ.
އެޕާކުން ބުނެފައިވަނީ މިއީ ޕްރަމޯޝަނެއްގެ ގޮތުން ހެދި ޤަވާޢިދެއް ކަމަށާއި އަދި މިގޮތަށް ހަދާފައިވަނީ 618-907 ގެ ދުވަސްވަރު ކުޑަކޮށް އަންހެނުން ފަލަވުމަކީ ފެޝަނެއްގެ ގޮތުގައި ޤަބޫލު ކުރެވިފައިވާތީ ކަމަށެވެ.
ޗައިނާގައި ހުންނަ މިޕާކަށް ވަނުމުގެ ކުރިން ހިލޭ ޓިކެޓް ލިބޭ މީހެއް ތޯ ބެލުމަށް ކައްޓާ އަކަށް އެރުވުމަށްފަހު މީހުންގެ ބަރުދަން ބަލައެވެ. މިކަން މިގޮތަށް ކުރާ ވީޑިއޯއެއް ޗައިނާގެ ނޫހަކުން އާއްމުކޮށްފައިވާއިރު މިވީޑިއޯ މިހާތަނަށް މިލިޔަނަކަށްވުރެ ގިނަ މީހުންވަނީ ބަލާފައިވެއެވެ.
2014 ވަނަ އަހަރުގެ ތެރޭގައި ޗައިނާގައި ބަރުދަނުގައި 70 ކިލޯއަށްވުރެ ގިނައިން ހުންނަ މީހުންނަށް ޚާއްސަ ޑިސްކައުންޓެއްވެސް ވަނީ ދީފައެވެ.
މަހީ ކުރީ ވިންޓާ ޕާކު ކަމައް އަދި.