އަވައްޓެރިންގެ ފޭރާން ވަގަށް ނަގާ މިސްރު އަންހެނެއް ކައިރިން ވަރިވާން އެދި ފިރިމީހާ ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

އެ ފިރިހެން މީހާ ބުނެފައިވާގޮތުގައި، އުމުރުން 22 އަހަރުގެ އެ އަންހެން މީހާ ބަންދު ދުވަސްތަކުގައި ބޭރަށް ދިއުމަށް އަވައްޓެރިން އަތުން ފޭރާން ނަގާ އަނބުރާ ނުދެއެވެ. އަދި އެ ފޭރާން ދޭން އަވައްޓެރިން އެދިއްޖެނަމަ އެ މީހުންގެ ގައިގައި ތަޅާލާނެ ކަމަށް އިންޒާރު ދީފައި ވެއެވެ.

"އެއްދުވަހަކު އަވަށްޓެރިއަކު އަހަރެން ހުއްޓުވައި، އަހަރެންގެ އަންހެނުން އޭނާގެ އަންހެން ދަރިންގެ ފޭރާން ހިފައިގެން ގޮސް އަނބުރާ ނުދޭކަމަށް ބުނި. އެހެން އަވަށްޓެރިއަކު އަހަރެން ގާތު ބުނީ އޭނާ އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރާނެ ކަމަށް، އެހެންވެ އެކަމުން ސަލާމަތްވުމަށް އަހަރެން އެ މީހުންނަށް އާ ފޭރާން ގަނެދިނީ. އެހެން ނަމަވެސް އެކަމާއި ވެސް އަހަރެންގެ އަވައްޓެރިން އެ މީހުންގެ ގަޔަށް އަތްލި".

އޭނާ ބުނީ އަންހެނުންގެ އުޅުން އޭނާއަށް ވަރަށް ބޮޑަށް ކަމުނުދާ ކަމަށެވެ. އަދި ވާހަކަދައްކައިގެން ކަންކަން ހައްލު ކުރަން އުޅުނު ކަމަށްވެސް ބުންޏެވެ. އެންމެ ފަހުން އޭނާ ނިންމީ ވަރިވާށެވެ.

"އިތުރު ގޮތެއް ނެތިގެން އަހަރެން އެ މައްސަަލަ ފެމިލީ ކޯޓަށް ހުށަހެޅި، އެކަމަކު އަދިވެސް އެ މައްސަލަ ބަލަމުން ނުދޭ. އަދި ކޯޓުން އަހަރުމެން ވަރިނުކޮށްދޭ". އޭނާ ބުންޏެވެ.