މީސްމީޑިއާގައި ތަފާތު ޖަނަވާރުތައް އެކިއެކި ކަންކަން ކުރާ ވީޑިއޯތައް އަބަދުވެސް އާންމުވެއެވެ. އެއީ ގިނަ ފަހަރަށް، އެތައް ބަޔަކު ޝައުގުވެރިވާ ފަދަ ވީޑިއޯތަކެކެވެ. މިފަހަރު މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ރާމާ މަކުނެއް ސެލޫނެއްގެ ތެރޭގައި އިން މަންޒަރެވެ.

އެ ސެލޫންގައި ގޮނޑިއެއްގައި އިށީނދެގެން އިނދެ، އިން ރާމާ މަކުނު މޫނުމަތީގެ އިސްތަށިތައް ރީތިކޮށްލަން ހިދުމަތް ހޯދާ މަންޒަރު ވީޑިއޯ އިން ފެނެއެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެ މަކުނު އިނީ ސެލޫން ތެރޭގައި ވަރަށް ހަމަޖެހިލައިގެންނެވެ.

https://twitter.com/rupin1992/status/1465339995070222342?s=20

ސާޅީފަސް ސިކުންތުގެ ވީޑިއޯގައި އިންސާނުންނެކޭ އެއްގޮތަށް ރާމާ މަކުނު ގޮނޑިއެއްގައި ބޭންދުމަށްފަހު ކަރުގައި ފޮތިގަނޑެއް އައްސާފައި ހުރެއެވެ. ހިދުމަތް ދޭ ފަރާތުން އެސޮރުގެ މޫނުމަތީގެ އިސްތަށިތައް އޮމާންކޮށް ފުނާ އަޅައިދީ ޓްރިމްކުރަމުން ދިޔައެވެ.

އެ ސެލޫންގައި ތިބި ގިނަ ބަޔަކު ވެސް ވަނީ އެމީހުންގެ ފޯނުތަކަށް މި މަންޒަރު ވީޑިއޯ ރިކޯޑުކޮށްފައެވެ.

ބެލެވޭ ގޮތުގައި މިއީ ބަޔަކު އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރެކެވެ. އެސޮރު ސެލޫން އިން ހިދުމަތް ހޯދާ އިރު، ވަރަށް ހަމަޖެހިގެން މަޑު މަޑުން އިންނަ މަންޒަރު ފެނެއެވެ.

އައިޕީއެސް އޮފިސަރެއް ކަމަށްވާ ރުޕިން ޝަރްމާ މި ވީޑިއޯ ހިއްސާކުރަމުން ބުނެފައިވަނީ ރާމާ މަކުނު މިހާރު ވަރަށް ސްމާޓު ކަމަށް ފެންނަ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު