ކަރާއަކީ ވަރަށް މީރު އަދި ސިއްހީ ގޮތުން ވެސް ގިނަ ފައިދާ ތަކެއް ލިއްބައިދޭ މޭވާއެކެވެ. ކަރާ ހުހަށް ނުވަތަ ފަނި ގިރައިގެން ބޯ އިރު ބައެއް މީހުން ކަރާގެ އޮށްތައް އުކާޅައެވެ.

ނަމަވެސް މި އޮށްތަކަކީ އުކާލެވޭ ވަރަށް ވުރެ ފައިދާ ހުރި އެއްޗެކެވެ. މީގައި ހިމެނޭ މެގްނީޒިއަމްއާއި ވިޓަމިން ބީ އާއި ފްލޭޓް އާއި ތިއަމިން އާއި ރިބޯފްލެވިން އާއި ޕެންޓޮތެނިކް އެސިޑް އާއި މޮނޮއަންސެޗުރޭޓެޑް އަދި ޕޮލީއަންސެޗުރޭޓެޑް ފެޓީ އެސިޑްސް އާއި ނިއުޓްރިއަންޓްސްގެ ވެސް އެތައް މާއްދާތަކެއްގެ ސަބަބުން ހަންގަނޑާއި އިސްތަށިގަނޑަށް ވެސް ގިނަ ފައިދާތަކެއް ލިއްބައިދެއެވެ.

މިގޮތުން ކަރާ އޮށުން ލިބޭ ފައިދާތަކަކީ:

އިސްތަށިގަނޑު ވަރުގަދަކޮށްދޭ

އިސްތަށި ފޭބުމާއި ދެރަ އިސްތަށިގަނޑު ވަރުދަގަ ކޮށްލުމަށް ކަރާ އޮށް ކެއުން މުހިންމެވެ.

ހަންގަނޑު ރަނގަޅުކޮށްދޭ

ހަންގަނޑުގައި ލައް ޖެހުމާއި ހަމުގެ އެކި ބަލިތައް ކުރިމަތިވާ ނަމަ ކަރާ އޮށަކީ އެންމެ ރަނގަޅު އެއް ހައްލެވެ. ކޯޓިސޮލް ލެވެލް ދަށްކޮށްދީ ސެލިއުލާ ޕްރޮސެސް އިތުރު ކޮށްދީ، ހޯމޯންސްތައް ބެލެންސް ކޮށްދެއެވެ. އަދި ހަންގަނޑުގެ ތަންތަން ރަތްވެފައި ހުރުން ފަދަ ކަންތައްތަކަށް ވެސް ލުޔެއް ލިއްބައިދެއެވެ.

ހަޖަމު ކުރުމުގެ ނިޒާމު ވަރުދަގަ ކޮށްދޭ

މީގައި ހިމެނޭ ނިއުޓްރިއަންޓްސްގެ ސަބަބުން ކާނާ ހަޖަމު ކުރުމަށް އެހީތެރިވެދެއެވެ.

ސިކުޑި ތާޒާ ކޮށްދޭ

މީގައި ހިމެނޭ މެގްނީޒިއަމް މާއްދާގެ ސަބަބުން ސިކުނޑި ތާޒާ ކޮށްދީ ހަނދާން ވަރުގަދަ ކުރުމަށް ވެސް އެހީތެރިވެދެއެވެ.

މީގެއިތުރުން ކަރާ އޮށް ކެއުމުން މީހާ ޒުވާން ކޮށްދެއެވެ. ހަންގަނޑު ތާޒާ ކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލުލޫ

    "މީގެ އިތުރުން ކަރާ އޮށް ކެއުމުން މީހާ ޒުވާންކޮށްދެއެވެ.."ހެހެހެ..މަގޭ މާމަ ކައިރީގަ ބުނަންވީ ދޯ މި ވާހަކަ..

  2. ދިރާސާ

    ކަރާއޮށް ގައިގާ އުނގުޅަންތޯޖެހޭނީ.