ޓީވީ ތަރި ދިވްޔަންކާ ޓްރިޕަތީ އާއި ވިވެކް ޑަހިޔާ މިހާރު ތިބީ ރާއްޖޭގައެވެ. އެ މީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު، ދެ މީހުންގެ ރީތި ފޮޓޯތަކެއް ދަނީ މީސް މީޑިޔާގައި ހިއްސާކުރަމުންނެވެ.

މި ދެ ތަރިން އެކުގައި ރާއްޖެ އައިސްފައި މި ވަނީ ދެ މީހުންގެ ކައިވެންޏަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށެވެ. މި ދެ މީހުންގެ ކައިވެންޏަށް ދެ އަހަރު ފުރިފައިވަނީ އިއްޔެއެވެ.

https://www.instagram.com/p/Bk9rduqAyOc/

ރާއްޖޭގެ ރިސޯޓަކަށް ދިވަންކާ ޗެކިންގވެ އޭނާ ވަނީ ވީޑިޔޯއެއް ފިރިމީހާއެކު ހިއްސާކޮށްފައެވެ. މިދެ ތަރިން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރި ނަމަވެސް ދެތަރިން ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައިކަން އެނގިފައެއް ނުވެއެވެ.

https://instagram.com/p/Bk6-V71nHQU/?utm_source=ig_embed

އަދި އެނިވާރސަރީ ފާހަގަކުރުމަށް ދެ ތަރިން އެކުގައި ވަރަށް ފުރިހަމަ ރޭގަނޑުގެ ކެއުމެއްވެސް އިންސާފް ކުރިއެވެ.

https://www.instagram.com/p/Bk8a8QNgyx9/?utm_source=ig_embed

މި ދެ މީހުން އެކުގައި ރާއްޖެ އައުމުގެ ކުރިން ލަންކާގައިވެސް ވަގުތު ހޭދަކުރިއެވެ.

ދިވަންކާ އާއި ވިވެކްއަކީ ސްޓާ ޕްލަސްގެ ޑްރާމާ ސީރީޒް "ޔޭ ހޭ މުހައްބަތެއިން"އިން ފެނިގެން ދިޔަ ތަރިންނެވެ. ދިވަންކާ އާއި ވިވެކް ބައްދަލުވެ ގުޅުން އުފެދިފައި ވަނީ އެ ޑްރާމާގެ ތެރެއިންނެވެ. އަދި މީގެ އިތުރުން ނަޗްބަލިޔޭއިންވެސް މި ދެމަފިރިން ވަރަށް ބޮޑަށް ވިދާލިއެވެ.

މި ދެތަރިން އެކުގައި ދުވަސްތަކެއް އުޅުމަށްފަހު އެންގޭޖްކޮށްފައި ވަނީ 2016 ވަަނަ އަހަރުގެ ޖެނުއަރީގައެވެ.

ދިވަންކާ އާއި ވިވެކް ވެފައިވަނީ ޓީވީ ޝޯތަކުގެ އެންމެ ލޯބި އެއް ޖޯޑަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހައްމަދު

    މިހުރިހާ ވާހަކައެއް ލިޔުނު އިރު މިދެތަރިން ޗުއްޓީ ހޭދަކުރާ ރިސޯޓެއް ނޭންގުމަކީ ބޮޑު އަރަތެއް.