ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް އާއި ވިކީ ކައުޝަލް ކައިވެނި ކޮށްފިއެވެ.

މި ކައިވެނީގެ ހަފްލާ ކުރިޔަށް ދިޔައީ ރާޖަސްތާނުގެ ސަވާއީ މަދޫޕޫރުގެ ފޯޓް ބަރްވަރާގައި ސިކްސް ސެންސަސްގައެވެ. މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މި ހަފްލާއަށް ދިޔަ މީހުންނަށް ފޯނު ގެންދިއުމާއި، އެތަނުގައި ފޮޓޯނެގުން މަނާކުރިއެވެ.

އެހެންކަމުން، ހަފްލާ ތެރޭގެ އެއްވެސް ފޮޓޯއެއް ނުވަތަ ފުޓޭޖެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ވެއެވެ. ނަމަވެސް، ހަފްލާ ކުރިޔަށްދިޔަ ސަރަހައްދު ބޭރުން ނަގާފައިވާ ބައެއް ފޮޓޯތަކުން ވިކީގެ ބައްޕަ ޝާމް ކައުޝަލް ފެންނަން ހުއްޓެވެ.

ބެލެވޭ ގޮތުގައި އަންގާރަ ދުވަހު މެހެންދީގެ ހަފްލާއެއްގެ އިތުރުން ވިކީގެ މަންމަ ވީނާ ކައުޝަލް އިންތިޒާމުކޮށްގެން ބޭއްވި ޓްރެޑިޝަނަލް ޕަންޖާބީ 'ލޭޑީސް ސަންގީތު' ވެސް ވަނީ ކުރިއަށް ގެންގޮސްފައިވެއެވެ.

ކައިވެނި ހަފުލާގެ ގެސްޓް ލިސްޓަކީ ވެސް ވަރަށް ސިއްރު ލިސްޓެކެވެ. މި ލިސްޓުގައި ހިމެނޭނެ މީހުން އާންމުން ލަފާކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު މަޝްހޫރު ފަންނާނުން ޖައިޕޫރަށް ދާން ފެށުމުންނެވެ. ޖައިޕޫރް އެއާޕޯޓުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކުގައި ނީހާ ދުޕިއާ އާއި އަންގަދް ބޭދީ އާއި ކަބީރް ޚާން އަދި މިނީ މާތޫރް އާއި ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗާރިޔާ އާއި އޭނާގެ އަންހެނުން ފެންނަން ހުއްޓެވެ. އަދި މީގެ އިތުރުން ވެސް މަޝްހޫރު ފަރާތްތައް ފެނިގެން ގޮސްފައިވެއެވެ.

ކައިވެންޏަށް ފަހު ވިކީއާއި ކެޓްރީނާ އެކުގައި ފިލުމެއް ކުޅުމަށް ތައްޔާރު ވަމުންދާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެއެވެ. އަދި ހަނީމޫންނަށް ރާއްޖެ އަންނާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފ

    އެޑިޑް ނުކުރާ ފޮޓޯ ލާނަމަ މާ ފުރިހަމަ ވާނެ

    3
    1
  2. ޟަޒް

    ޥިކީ އުމުރު 33
    ކެޓް 38

    4
    2
    • މުބީނު މާރނީ

      ކެޓްރީނާ އަކީ ވަރަށް ރަނގަޅު ހިތްހެޔޮ މީހެއް. ރަނގަޅު މީހުންނަށް ރަނގަޅު ގޮތްތައް މެދުވެރިކުރައްވާނެ. ކުރިން ކެޓްރީނާ ރައްޓެހިވި، ރަންބީރަކީ ނުބައި މީހެއް. ރަންބީރު ގެ ބައްޕަ، ރިޝީ ކަޕޫރް ނިޔާވީ ވެސް ރަންބީރު ގެ ނުބައި ނުލަފާ ކަމާހެދި ހިތާމަ ކޮށްކޮށް. ދެން ކެޓްރީނާ ރައްޓެހިވީ ސަލްމާން އާ. ސަލްމާން އަކީ އައިޝްވަރްޔާ ގައިގާ ތެޅި މީހެއް ކަމަށް އައިޝްވަރްޔާ ބުނެފައިވޭ. އެހާމެ ރުޅިގަދަ. ރާ ބުޔުމަށް "މަރެއް". މިހާރު ކެޓްރީނާ އިންނަން ލިބުނީ އަޙްލާޤް ރަނގަޅު ދެމަފިރިއެއްގެ އަަޙްލާޤް ރަނގަޅު ދަރިއަކާ. މުއްސަދި، ރީތި ފިލްމުސްޓާރު އަކާ. މިއީ އެހެން މީހުނާއި ދޭތެރޭ (ކެޓްރީނާ ގޮތަށް) ރަނގަޅަށް ކަންތައް ކުރަންވީ ސަބަބަކީ. ނަސީބު ދެއްވަނީ ކަތީބެއް ނޫން. ނަސީބަކީ މާތްﷲ ދެއްވާ އެއްޗެއް! ބަދު ނަސީބަކީ ވެސް މާތްﷲ ދެއްވާ އެއްޗެއް. ރަނގަޅަށް އުޅެންވީ މިހެންވެގެން. ޢުމުރުން ޙަގު މީހަކު ދެއްވުމަކީ ވެސް ނަސީބެއް!

      • ޢަފީ

        ވިކީ އަކީ ރަނގަޅު މީހެއްކަން އެނގޭ ގޮތެއް ބުނެދީބަ

  3. ވިކީކެޓް

    އޭޖް ޑަސަންޓް މެޓާ ކޮންގްރާ ❤️🥰