ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް އާއި ވިކީ ކައުޝަލް އިއްޔެ ކައިވެނި ކުރިއިރު، މި ދެ ތަރިން ހަނީމޫނަށް ރާއްޖެ އަންނާނެ ކަމުގެ އަޑުތައް އިންޑިއާގެ ނޫސްތަކުގައި ވަރަށް ބޮޑަށް ދެކެވުނެވެ. އެއްފަހަރު ހަބަރުތަައް އައީ އެ ދެ މީހުންވެސް ފިލްމްތަކެއްގައި މަސައްކަތް ކުރަން ޖެހޭތީ ރާއްޖެ ނާންނާނެ ކަމަށެވެ. ނަމަވެސް ފަހުން އެ މީހުން ރާއްޖެ އަންނާނެ ކަމުގެ ވާހަކަތައް ދެކެވެން ފެށިއެވެ.

އެކަމަކު ކެޓްރީނާ އާއި ކެޓްރީނާ ރާއްޖެ ނާންނާނެ ކަމަށް އެންމެ ފަހުން ޓައިމްސް އޮފް އިންޑިއާއިން ވަނީ ރިޕޯޓްކޮށްފައެެވެ.

އެ ނޫހުގެ އީޓައިމްސް އިން މަސްދަރަކާއި ހަވާލާދީ ބުނީ، މި ދެ މީހުން ހަނީމޫނަށް ރާއްޖެ ނާންނާނެ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އަދި ބަދަލުގައި މި ދެ މީހުން ހަނީމޫން ހޭދަކުރާނީ ސިކްސް ސެންސެސް ފޯޓް ބަރްވާގައި ކަމަށް ބުނެފައި ވެއެވެ.

އެ ނޫހުން ބުނެފައިވާގޮތުގައި، ކެޓްރީނާ އާއި ވިކީ އެތަނުގައި މި މަހުގެ 12 ނިޔަލަށް ވަގުތު ހޭދަކުރާނެ އެވެ. އަދި އޭގެ ފަހުން އަނބުރާ މުމްބާއީއަށް ގޮސް ނުނިމި ހުރި ފިލްމް ޝޫޓިންގްތައް ކުރިއަށް ގެންދާނެއެވެ.

މީގެ ކުރިންވެސް ވާހަކަދެކެވުނީ މި ދެތަރިން ކައިވެންޏަށްފަހު ހަނީމޫނަށް ދާން ބޭނުން ނުވަނީ މަސައްކަތަށް ބުރޫ އަރާފާނެތީކަމުގައެވެ.

މި ދެތަރިން ކައިވެނިކޮށްފައި ވަނީ ވަރަށް ޕްރައިވެޓްކޮށް ރަޖަސްތާންގައި ބޭއްވި ހަފްލާއެއްގައެވެ.

މަސައްކަތުގެ ތެރެއިން އެންމެ އަވަހަށް ކެޓްރީނާ ފެނިގެން ދާނީ ސަލްމާން ޚާން އާއެކު ފެނިގެންދާ ޓައިގާ 3 އިންނެވެ. އަދި އޭނާ ފޯން ބޫތް އިންވެސް ފެނިގެން ދާނެއެވެ.