އިއްޔެ ކައިވެނި ކުރި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް އާއި ވިކީ ކައުޝަލް ހަނީމޫނަށް ރާއްޖެ އަތުވެއްޖެއެވެ.

މި ދެތަރިން ރާއްޖެ އައިސްފައި ވަނީ ޕްރައިވެޓް ޖެޓެއްގައު މީގެ އިރުކޮޅެއް ކުރިންނެވެ. މި ދެތަރިން ރާއްޖެ އައި ޖެޓް ޖައްސާފައި ވަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައެވެ.

ކެޓްރީނާ އާއި ވިކީ ހަނީމޫނަށް ރާއްޖެ އައިސްފައިވާއިރު، އިންޑިއާގެ ބޮޑެތި ނޫސްތަކުން ވަނީ މި ދެތަރިން ހަނީމޫނަށް ރާއްޖެ ނާންނާނެ ކަމަށް ކަށަވަރުވެފައިވާ ކަމަށް ބުނެފައެވެ. އޭގެ ތެރެގައި އިންޑިއާގެ އެންމެ ބޮޑު އެއް ނޫސް ޓައިމްސް އޮފް އިންޑިއާ ހިމެނެއެވެ.

އީޓައިމްސް އިން މަސްދަރަކާއި ހަވާލާދީ ބުނީ، މި ދެ މީހުން ހަނީމޫނަށް ރާއްޖެ ނާންނާނެ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އަދި ބަދަލުގައި މި ދެ މީހުން ހަނީމޫން ހޭދަކުރާނީ ސިކްސް ސެންސެސް ފޯޓް ބަރްވާގައި ކަމަށް ބުނެފައި ވެއެވެ.

އެ ނޫހުން ބުނެފައިވާގޮތުގައި، ކެޓްރީނާ އާއި ވިކީ އެތަނުގައި މި މަހުގެ 12 ނިޔަލަށް ވަގުތު ހޭދަކުރާނެ އެވެ. އަދި އޭގެ ފަހުން އަނބުރާ މުމްބާއީއަށް ގޮސް ނުނިމި ހުރި ފިލްމް ޝޫޓިންގްތައް ކުރިއަށް ގެންދާނެއެވެ.

"ވަގުތު"އަށް މައުލޫމާތު ލިބިފައިވާގޮތުގައި، މި ދެތަރިން ހަނީމޫނަށް ރާއްޖެ އައިސްފައި ވަނީވެސް ސިއްރުންނެވެ. އަދި މި ދެތަރިން ހަނީމޫން ހޭދަކުރާނީ ރަންދެލި ރިސޯޓްގައެވެ.

ކެޓްރީނާ އާއި ވިކީ ކައިވެނިކޮށްފައި ވަނީ ވަރަށް ޕްރައިވެޓްކޮށް ބޭއްވި ހަފްލާއެއްގައެވެ. މި ދެތަރިން ކައިވެނި ކުރާނެ ކަމުގެ އަޑުތައް ގަދަވި ނަމަވެސް، މި ދެތަރިން އެކަން އިއްޔެ އާ ހަމައަށްވެސް އެކަން ކަށަވަރުނުކޮށްދެއެެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

ނަމަވެސް ކައިވެނީގެ ހަފްލާ ތެރެއިން ނަގާފައިވާ ރީތި ފޮޓޯތަކެއް އިއްޔެ ކެޓްރީނާ ވަނީ އޭނާގެ މީސް މީޑިއާ އެކައުންޓްތަކުގައި ހިއްސާ ކޮށްފައެވެ.

ކެޓްރީނާ އާއި ވިކީ ހަނީމޫނަށް ރާއްޖެ އަންނާނެ ކަމަށް މީގެ ކުރިން ވާހަކަދެކެވުނެވެ. އެކަމަކު ފަހުން އަނެއްކާވެސް ބައެއް މަސްދަރުތަކުން ވަނީ އެކަން ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މޫސާ

    މިވެސް ކުއްލި ހަބަރެއްތަ؟ ލިޔާނެ ހަބަރެއް ނެތީ ތަ؟ އިންޑިޔާ މީހަކަށް ބާރަށް ފޮޑި އެއް ޖެހުނަސް ނޫހުގަ ހަބަރެއް ގޮތައް ޖަހާތި؟

    43
    8
  2. މޯދީ

    ހޫ ކެއަރސް

    24
    7
  3. ވިކީކެޓް

    އެކަމް ކުރިން ވަގުތު ބުނީ އެމީހުން ނާންނަކަން ކަށަވަރޭ.. ދެ އަނގައިން ވާހަކަ ދައްކާތި ..

    37
    1
  4. ސާބަސް

    ކަލޭމެން ތިޔަ އުޅެނީ މޮޔަވެގެންގަތަ އަޅެ....ކާފަރުންތަކެއް އުޅޭހާ ގޮތަކާ ، މި މީހުންނަކާ ކޮން ކަމެއްތަ

    33
    10
    • ޛޮނޭ

      ކަލެއައްކީއް

      14
      25
  5. މަ ބުނީ

    ވަރަށް ސިއްރުގަ އެއައިސް އުޅެނީ. ޙުދު އެދެމީހުނަށް ވެސް ނޭނގެ އައިސް އުޅެވޭ ކަމެއް!

    31
    2
  6. އެކެތެރީނާ

    ކެތެރީނާ އަކީ އަލަށް މީހަކާއި އިނަސް މިހާރު މުސްކުޅިއެއް. 38 އަހަރުވެއްޖެ. ޒުވާން އިރު ވަރަށް ރީތި. ރަންބީރު ކަޕޫރާއި ނުރަސްމީކޮށް އިނދެގެން އޭނަގެ ގޭގައި އެތައް އަހަރެއް ވަންދެން އުޅުނު. މިކަމާއި ރިޝީ ކަޕޫރާއި ނީޓޫ ސިންހް ތިބީ ވަރަށް ރުޅިގަދަވެފައި. ސަބަބަކީ އެއީ ހިންދީ ދީނުގައިވެސް ހަރާމް ކަމަކަށްވާތީ ނީދެ އެގޮތައް އުޅުން.

    4
    2
    • ޢަފީ

      ހާދަ އަޕް ޑޭޓް. ކެޓްރީނާ ގެ ބެސްޓް ފުރެންޑްތަތީ