ކައިވެނީގެ ހަފްލާގެ ފޮޓޯތަކާއި، ވީޑިޔޯތަކަކީ ހާއްސަ އެއްޗެކެވެ. ގިނަ ބަޔަކު އެ ފޮޓޯތަކާއި، އެ ވީޑިޔޯތަކަކީ އެންމެ ރީތި އެއްޗަށް ހަދައެވެ. އަދި އެއީ ހަނދާނުގެ ތެރެއިން ސޮފްހާއެއްކަމަށް ބަލައި އެ އެއްޗެހި ރައްކާވެސް ކުރެއެވެ. އަދި އެ ފޮޓޯތަކާއި ވީޑިޔޯތައް ނަގަން ލައްކަ ފަރިވެއެވެ. އެކަމަށް ވަގުތުވެސް ހޭދަކުރެއެވެ.

އެގޮތުން މި ދެމަފިރިންވެސް ކައިވެނިކޮށްގެން، އެދުވަހަށް ހާއްސަ ފޮޓޯތައް ނެގުމަށާއި، ވީޑިޔޯ ނެގުމަށް ވަރަށް ތައްޔާރުވިއެވެ. އެހެން ނަމަވެސް މި ދެމަފިރިންގެ އެ ފޮޓޯ ސެޝަން ތެރެރިން ބޮޑު އަނިޔާއެއް ނުވަތަ މަރުން ސަލާމަތްވީ ހަމަ ކިރިޔާއެވެ.

މި ދެމަފިރިން އެވަގުތު ތިބީ ދެ މީހުންގެ ލޯބީގެ ވާހަކަތައް ދެއްކުމަށެވެ. ފޮޓޯގްރާފާ ދިޔައީ އެ މަންޒަރުތައް ވީޑިޔޯ ކުރަމުންނެވެ. އެ މަންޒަރު ވީޑިޔޯ ކުރަމުންދަނިކޮށް، ކުއްލިއަކަށް ބޮޑު ގޮފިގަނޑެއް އައިސް އެ ދެމަފިރިން ތިބި ތަނަށް ވެއްޓުނެވެ.

ނަސީބުކަން ދިމާކުރި ގޮތުން އެ ދެ މީހުންނަށް އެެއްވެސް އަނިޔާއެއް ނުވެ އެ ގޮޑިގަނޑު އެ މީހުން ގައިގެ ޖެހުމުގެ ކުރިން އެތަނުން ތެދުވެވުނެވެ.

އަލަށް ކައިވެނި މި ދެ ފިރިންގެ އެ ވީޑިޔޯއަށް އެތައް ބައެއްްގެ ސަމާލުކަން ލިބުނުއިރު، އެ ދެ މީހުންގެ ލޯބީގެ ގުޅުން އެ ގަހަށްވުރެ ވަރުގަދަކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.

މި ދެމަފިރިން ކައިވެނިކޮށްފައި ވަނީ ޖޫން 30 ވަނަ ދުވަހުއެވެ. އަދި އެ ވީޑިޔޯ މީސް މީޑިޔާއަށް ލާފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު