މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މީހެއް ކަމުގައިވާ ސުކޭޝް ޗަންދުރަޝޭކަރުގެ ފަރާތުން އަގުބޮޑު ހަދިޔާތަކާއި ގިނަ އަދަދެއްގެ ފައިސާ ލިބުމުގެ މައްސަލައިގައި ބޮލީވުޑުގެ ބަތަލާ ޖެކުއެލިން ފެނާންޑަޒްއާއި ނޯރާ ފަތޭހި ވަނީ ތަހުގީގަށް ހާޒިރު ކުރިއެވެ.

ފަހުގެ ރިޕޯޓުތަކުން ބުނާގޮތުގައި މި ދެ ބަތަލާއިންގެ އިތުރުން އަދި އިތުރުން ބޮލީވުޑުގެ އިތުރު ދެ ބަތަލާއެއް މި މައްސަލައިގައި ޝާމިލުވެއެވެ.

އެންމެ ފަހުން ބޮލީވުޑުގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ ކުންދުރާއާއި ޝުރައްދާ ކަޕޫރުގެ ނަން ވެސް ސުކޭޝް ވަނީ އޭނާގެ ބަޔާނުގައި ފާހަގަ ކޮށްފައެވެ.

ސުކޭޝް ބުނެފައިވާ ގޮތުގައި ސުޝާންތުގެ މަރުގެ ތަހުގީގުން ހިލުނު މަސްތުވާތަކެތީގެ މައްސަލައިގައި ޝުރައްދާ ކަޕޫރަށް އެހީތެރިކަން އޭނާ ފޯރުކޮށްދިނެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން ޝުރައްދާއާއި ގާތް ގުޅުމެއް އޮންނަ ކަމަށް ބުންޏެވެ.

މީގެއިތުރުން ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖު ކުންދުރާގެ މައްސަލައިގައި ވެސް ޖަލުން ރާޖު ނެރުމަށް ޝިލްޕާއަށް އެހީތެރިވެދީފައިވާ ކަމަށް ވެސް ސުކޭޝް ބުނެފައިވެއެވެ.

މި ދެ ބަތަލުންގެ އިތުރުން ކާތިކް އާރްޔާންގެ ކުރިއަށް އޮތް ފިލުމެއް ޕްރޮޑިއުސް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ސުކޭޝްގެ ބަޔާނުގައި އޭނާގެ ފާހަގަ ކޮށްފައިވެއެވެ.

ނަމަވެސް ބައެއް ރިޕޯޓް ތަކުގައިވާ ގޮތުން ބޮލީވުޑުގެ ގިނަ ފަންނާނުންނާއި ސުކޭޝް ގާތް ގުޅުމެއް އޮންނަ ކަމަށް ބުނެ އެ ދައްކަނީ ދޮގު ވާހަކަ ތަކެކެވެ. މި ފަންނާނުންނާއި އޭނާއާއި އެއްވެސް ގުޅުމެއް ނޯވެއެވެ.

ނަމަވެސް ޖެކުއެލިންއާއި ސުކޭޝްއާއި ގުޅުން އޮންނަ ކަމާއި ޖެކުއެލިންއަށް އެތައް އަގުބޮޑު ހަދިޔާއެއް ލިބިފައިވާ ކަމަށް ޖެކުއެލިން ވެސް ވަނީ އެއްބަސްވެފައެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ނޯރާ ފަތޭހި އެއް ނުން ނޯރާ ފަތުހީ! އެއްމެ ރަގަޅު ގޮތަކީ ނޫރާ ފަތުހީ! އަރަބިން ފަތުހީ ލިޔާއިރު ސްޕެލް ކުރާ ގޮތަ އޭ