އެވަކާޑޯ އަކީ ދިވެހިންނަށް ފަރިތަ މޭވާއެކެވެ. ދިވެހިންގެ ބާޒާރުތަކުން ލިބެން ހުންނަ މޭވާއެއް އެކެވެ. ނަމަވެސް ދިވެހިންގެ ބާޒާރުގައި މިމޭވާގެ ސައިޒާ ބަލާ މިފަހަރު މިއޮތީ ލައްކަ ބޮޑު އެވަކާޑޯއެއްގެ ވާހަކައެވެ.

އާދައިގެ އެވަކާޑޯ އެއްގެ ސައިޒަކީ މީހެއްގެ އަތްތިލައެއް ވަރެވެ. ނަމެވެސް މިއެވަކާޑޯ އާދައިގެ މީހެއްގެ ބޮލާ އެއްވަރެވެ. ބަރުދަނުގައި 1.2 ކިލޯ ހުންނަ މިވައްތަރުގެ އެވަކާޑޯއަށް ޚާއްސަ ނަމެއް ދެވިފައިވެއެވެ. މިއެވަކާޑޯއަށް ދީފައިވާ ނަމަކީ އެވޮޒިއްލާއެވެ.

ބާޒާރުގައި 12 ޑޮަލަރަށް މިޒާތުގެ އެވަކާޑޯ ހުރި އިރު، މިއެވަކާޑޯ މިހާރު ދުނިޔޭގެ ގިނަ ބާޒާރުތަކަކުން ލިބެން ހުންނާނެއެވެ. މިގޮތުން އޮސްޓްރޭލިޔާގެ ބާޒާރަށްވެސް ދާދިފަހުން މިއެވަކާޑޯވަނީ ނެރެފައެވެ.

ސައުތް އެފްރިކާގެ ބިމުގައި ހެދޭ މިއެވަކާޑޯ ދުނިޔޭގެ އެކި ހިސާބުތަކުގެ ގްރީން ހައުސްތަކުގައި ހައްދާ މާކެޓްގައި މިހާރު ނެރެފައިވެއެވެ.

އެވަކާޑޯއަކީ ޑައިޓްކުކުރާ މީހުންނަށް ވަރަށްރަނގަޅު މޭވާއެކެވެ. ބަރުދަންލުއިކުރަން ބޭނުން މީހުންނަށް މިމޭވާ ކެއުމުން ވަރަށް އަވަހަށް ނަތީޖާފެންނާނެއެވެ. ކަސްރަތުކޮށްގެން މަސްލްތަކަށް ލިބޭ ގެއްލުން މަރާމާތުކުރުމަށް ވެސް މި މޭވާއަކީ އެންމެ މޮޅު ފަރުވާއެވެ. މީގެ އިތުރުންވެސް އެވަކާޑޯއިން ލިބޭ އެތައް ސިއްޙީ ފައިދާއެއް ހުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު