ކައިވެންޏާއި ހަމައަށް އަންނައިރު، ވަރަށް ގިނަ ކަންތައްތަކާއި ވިސްނާނެއެވެ. ބައިވެރިއާއަށް އުފާކޮށް ބެެހެއްޓުމަށް ވަރަށް ވިސްނާނެއެވެ. ބައިވެރިއާ އެންމެ އުފާވާނީ ކޮން ކަމެއްކޮށްގެންތޯ ބަލާނެއެވެ.

އަދި ކައިވެންޏާއި ހަމައަށް އަންނައިރު، އެންމެ ފުރަތަމަ އޮންނާނީ އެންގޭޖްމެންޓްތާއެވެ. އެއީ އަދި ވަކިން ހާއްސަ ދުވަހެކެވެ. ބައެއް މީހުން އެ ދުވަސް ފާހަގަކުރަނީ ބައިވެރިޔާއަށް ސަޕްރައިޒެއްގެ ގޮތުގައެވެ. އަދި ބައެއް މީހުން ތަފާތު ގޮތްގޮތަށްވެސް މިކަން ކުރެއެވެ.

މިއީވެސް ތަފާތު ގޮތަކަށް އެންގޭޖްވި ދެ ދިވެއްސެކެވެ. މި މީހުން އެންގޭޖްވެފައި ވަނީ ހުޅުމާލޭގެ ޑައިވް ޕޮއިންޓެއްގައެވެ. މިއީ މޫދު އަޑީގައި އެންގޭޖްވި ފުރަތަމަ ދެ ދިވެހިންނެވެ.

މިއީ މިހާރު އާ ވާހަކައަކަށް ނުވެދާނެއެވެ. އެހެން ނަަމަވެސް މިހާރު މި ދެ މީހުން ކައިވެނި ކުރި ވާހަކަމިއީ އާ ވާހަކައަކަށް ވެދާނެއެވެ.

މި މަސް ތެރޭގައި މި ދެ ދިވެހިން ކައިވެނިކޮށްފިއެވެ. އަދި މިހާރު އެ ދެ މީހުން ތިބީ ހަނީމޫން ހަދާލަން ރައްޖެއިން ބޭރަށް ގޮހެވެ.

ރާއްޖޭގެ ޓްރެވެލް އެޖެންސީއެއް ކަމަށްވާ "ޓްރިޕްވެރިން"ގެ  ޕެކޭޗެއްގެ ދަށުން މިހާރު މި ދެ ދިވެހިން އެ ތިބީ ތުރުކީގައެވެ.

މި ދެ ދިވެހިން ތުރުކީގައި ޗުއްޓީ ހޭދަކުރަމުންދާއިރު، އެމީހުންގެ ދަތުރުގެ އެކި ފޮޓޯތައް މީސް މީޑިޔާގައި ދަނީ ހިއްސާ ކުރަމުންނެވެ. އެގޮތުން މިހާރު މި ދެމަފިރިން ވަނ ކެއްޕާޑޮކިޔާގެ އަންޑަރގްރައުންޑް ސިޓީގައި އާއި ޕަމުއްކަލޭއަށް ގޮސްފައެވެ. މައުލޫމާތު ލިބޭގޮތުގައި، މި ދެ މީހުން ތުރުކީގެ ހުރިހާ ސިޓީއަކަށްދާނެއެވެ.

"ވަގުތު"ގެ ފަރާތުން މި ދެމަފިރިންނަށް އުފާވެރި ބާއްޖަވެރި ކައިވެންޏަކަށް އެދެމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މީ ދެން މާ މަސްހޫރު ބަޔަކީ ތަ. އެމީހުން ކޮންމެ ތާކު އުޅުނަސް އަހަރުން ނަށް ކޮން ކަމެއް.

  2. ނޯބަޑީ ކެއާޒް ބްރޯ

  3. ތުރުކީގަ ވެސް ކަނޑުއަޑީގަތަ؟

  4. މިއީ ދެން އަޅެ ޚަބަރެއްތަ؟ ބަޔަކު ކޮސްވެދާނެ. މިއަށް ވުރެއް ރަނގަޅުވާނެ ޓްރިފްވެޑިން އާއި ބެހޭ މަޢުލޫމާތުކޮޅެއް ޙިއްސާކޮށްއްޔާ

  5. މަާދަން ވަރިވެދާނެ ތޯއްޗެއް