އަކްޝޭ ކުމާރުގެ ފިލުމުގެ "ބައްޗަން ޕާންޑޭ" ގެ ސެޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގި އިރު އަކްޝޭ އާއި ކްރިތީ ސަނޫން ވެސް ސެޓްގައި ތިއްބެވެ.

ނިއުސް ޓްރެކްގެ ރިޕޯޓް ތަކުގައިވާ ބުނެފައިވަނީ ވަނީ ފިލުމުގެ އެންމެ ފަހުގެ ޝޫޓިން ތައް ކުރިއަށް ދަނިކޮށް ސެޓުގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމަށާއި، މި ހާދިސާ ހިނގިއިރު އެއިރު ފިލުމުގެ ލީޑު ރޯލު ތަކުން ފެނިގެންދާނެ އަކްޝޭ އާއި ކްރިތީ ވެސް ސެޓްގައި ތިބި ކަމަށެވެ.

ނަމަވެސް މި އަލިފާނުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ރިޕޯޓްތައް ބުނެެއެވެ.

މި އަހަރުގެ މާރޗު މަހު ނެރުމަށް ހަމަޖެހިފައިވާ މި ފިލުމަކީ މިދިޔަ އަހަރުން ފެށިގެން އަކްޝޭގެ ސަޕޯޓަރުން އިންތިޒާރު ކުރަމުން ދާ ފިލުމެކެވެ.

އަކްޝޭ އާއި ކްރިތީ ގެ އިތުރުން ޖެކުއެލިން ފެނާންޑަޒް ވެސް މި ފިލުމުން ފެނިގެން ދާނެއެވެ.

މި ފިލުމުގެ މަސައްކަތް ތަކުގެ 80 އިންސައްތަ މަސައްކަތް ވަނީ ނިމިފައިވެ.

މިއީ މި އަހަރުގެ އަކްޝޭގެ ފުރަތަމަ ފިލުމެވެ. މި ފިލުމު ރިލީޒް ނުކުރަނީސް އަކްޝޭގެ އިތުރު ފިލުމެއް ވަނީ އިއުލާން ކޮށްފަ އެވެ.

"ސެލްފީ" މި ފިލުމުން އަކްޝޭ އާއި އެކު ފެނިގެން ދާނީ އިމްރާން ހަޝްމީއެވެ. މި ފިލުމުގެ ޕްރޮމޯޝަނަލް ފޮޓޯތަކެއް އަކްޝޭ އާއި އިމްރާން ވެސް ވަނީ މީސް މީޑިޔާގައި ހިއްސާ ކޮށްފައެވެ.

އެހެން އަހަރު ތަކެކޭ އެއްފަދައިން މި އަހަރު ވެސް އަކްޝޭގެ ރީތި ފިލުމުތަކެއް ބަލާލަން ލިބޭނެ ކަމުގެ އުއްމީދު ސަޕޯޓަރުން ކުރެއެވެ.