ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތައް ފުރަން އޮންނަ ގަޑިއަށް ނުފުރި ލަސްވުމާއި ފްލައިޓްތައް އެތައް ގަޑިއިރަކަށް ޑިލޭ ވުމަކީ އާޝަކުވާއެއް ނޫނެވެ. ނަމަވެސް މިޝަކުވާތަކުގެ އަޑު ފަހަކަށް އައިސް ވަނީ ކުރިއަށް ވުރެވެސް އިތުރުވެފައެވެ. މޯލްޑިވިއަންގެ ފްލައިޓްތައް ޑިލޭ ވާތީ އެންމެ ފަހުން އެކަމުގެ ޝަކުވާތައް މީސް މީޑިއާގައި ބަންޑުން ކޮށްލީ ހުސެއިން ޝާދު (މަޓޭ) އެވެ.

އިޖުތިމާއީ އެކި މައްސަލަތާއި ގުޅޭ ގޮތުން ވީޑިއޯތައް އާއްމުކޮށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ މަޓޭ މޯލްޑިވިއަންގެ ހާލަތާއި ގުޅޭ ގޮތުން އާއްމުކުރި ވީޑިއޯ ވެސް އަށާރަހާހަށް ވުރެ ގިނަ މީހުން ބަލައިފިއެވެ.

ފްލައިޓް ޑިލޭ ވާތީ މަޓޭ ފުރަތަމަ ކުރި ސުވާލަކީ "މިވަރުން ޓިކެޓް ވިއްކަނީ ކީއްކުރަން ހެއްޔެވެ؟" އެއަށްފަހު މަޓޭ ބުނީ މިއީ ގައުމީ އެއާލައިންގެ ހާލަތު ހުރި ގޮތް ކަމަށާއި އެހެން އެއާލައިންތަކުގެ ހާލަތު ހުރި ގޮތް ނޭނގޭ ކަމަށެވެ.

"މިހާރު ތިންވަނަ ދުވަހޭ މިއީ މިހެން ތިން ގަޑިއިރު، ހަތަރު ގަޑިއިރު ފަސްގަޑިއިރު (ޑިލޭ ވާތާ) ވާންވީ ގޮތެއް އެނގެނީއެއް ނޫން. އެއްޗަކުން ގޮވަނީކީ ނޫން ލަސްވާނެއެކޭ. އެތަނަކުން ކާކަށް ދެނީކީ ނޫން. މިއީ ހަސަން މަނިކު ގެންގުޅޭ ބޮއްކުރާތަ." މަޓޭ ބުންޏެވެ.

މަޓޭ ވަނީ މޯލްޑިވިއަންގެ ފްލައިޓްތައް "މިއީ ރިހޭގެ ލޯންޗްތޯ" ވެސް ސުވާލު ކޮށްފައެވެ. "އޭނަ އުޅޭނެހައި ތަނެއްގައި އުޅެފައި، މަސް ދަތުރު ކޮށްފައި، ރަކީދޫއަށް އަރާފައި އައިމަ ދާން މިއީ ރިހޭގެ ލޯންޗްތަ." މަޓޭ ބުންޏެވެ.

ފްލައިޓްތައް ލަސްވުމުން ސުވާލެއް ކޮށްލާއިރަށް "އިފުރަށް ގޮސްފައި، ކައްދުއަށް ވެސް ގޮސްފައި" އަދި އެއަށްފަހު ކާޑެއްދުއަށް ދާވާހަކަ ބުނާ ކަމަށާއި ނަމަވެސް މިއީ "ދޭތެރޭގައި ދުއްވާ ބާވެފައި އޮތް ބަހެއް ނޫން." ކަމަށް މަޓޭ ބުންޏެވެ.

މޯލްޑިވިއަން އަށް ފަހަކަށް އައިސް މާލީ މައްސަލަތަކެއް ކުރިމަތިވެ އަދި ފްލައިޓްތަކުގެ ޝެޑިއުލް މަރާމާތުތަކަށް ކުންފުނިން ތައްޔާރުނުވެ އޮތުމުން ވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. ޝެޑިއުލް މަރާމާތުތަކަށް އެއާލައިން ތައްޔާރުނުވެ އޮތުމުން ފްލައިޓްތައް ޗާޓަރު ކުރަން ޖެހި އެކަމަށް ވިއްސަކަށް މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހުނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ކަޓޭ

    މިވެސް ހަބަރެއްތަ؟

    6
    7
  2. ސަމްސު

    ރުޅިއަންނާނެދޯ.... މަތީގަ އޮއްވާވެސް ޑިލޭވެދާނެ އެވަރުގެ ބައެއްތީމިހާރު ހަމަ ހުވާމިބުނީ...

    21
    1
  3. ދޮގު

    ތިޔަތަން އުޅެނީ އުވާލާފަ ބަޔަކަށް ދޭންވެގެން ތައްޔާރުވަނީ. ތިކަން ވަރަށް ރޭވިގެން ކުރަނީ. އެ ދައްކުވައިދެނީ އެމަންޒަރު. ދެން ފެންނާނީ އެމަންޒަރެއްނޫންތަ؟ ތިޔައީ ވަރަށްބޮޑު މައްސަލައެއް. ފްލައިމީވެސް ހަމަ އެވަރު. މަންތާ ވަރަށް ބަރާބަރު. ކީއްކުރާނީ، ޤައުމީ އެއަރލައިންވިއްޔާ

    14
    1
  4. އުއްދަނޑި

    ދެން މިވެސް ސިޔާސީކޮށްލާ.. ކިތައްމެ ރަނގަޅު ވާހަކައެއް ބުނެލިއަސް ވާނީ ސިޔާސީ. މިއީ މިހާރު ޤައުމުގެ ހާލަތު.. ފުޑުފުޑުވަނީ.

    12
  5. ހުސޭނުބޭ

    ސޯލިބެއަކީ ފިނިހަކައެއް. ވީމާ ސޯލިބޭ ގެ ބޮޓުން ތަންތަނަށް ލައިގެން ތަންތަން ހިންގޭނީ ފިނިހަކަ ސްޕީޑްގައި. އިތުރު އެހެން ގޮތެއް ނުވާނެ.

    17
  6. ހަސަން ފޭދޫ

    އެކަމް އަދިވެސް އެންމެ ގަޑިއަށް ފުރާ އެއާރލައިން ގެ އެވޯޑް ލިބޭ!!

    10
  7. ކާއްޓޭގެ އާއްޓޭގެ ބުރިޓޯ

    ފަހު ޒަމާނު ގައި މި ކަހަލަ މަޓޭ ތައް ވަރަށް ގިނަ އިން އުފެދޭނެ

    5
    14
  8. މިޖައިސް

    މަޓޭ އަށް ދޯ އެގެނީ × ވެފަ ތިބުނާ މަޓޭ ހުންނަނީ

    2
    13
  9. Anonymous

    މަޓޭ ރުޅިމަޑު، ސާބަހޭ މަޓޭ.

    15
  10. ހޫދު

    މިކަހަލަ ގަމާރުންނަށްވެސް ޝައުގުދޭނެ މީހުން ވޭތަ؟ ރިލޭގެ ލޯންޗު ހުއްޓުނީމަ ފެނުމަތީ އޮވެއޭ. މަތިންދާބޯއްޓެއް ހުއްޓުނީމަ ވިލާގަނޑެއްގަތަ އޮންނާނީ؟ ކަލޭ ގޯންޏަކަށް ލާގެން ދިއަޔަސް އިންޖީނެއް ނުލާނެ. މީ ކަލޭ ހޮވާ ކާށި ބަސްތާއެއްވިއްޔާ. ހައި ވަންޔާ ކައިގެން އާދޭ. ރަވޯ ފިޔޮކަކަށްވުރެ ކަންތަށްބޮޑު. އަބަދު ކާން ކާން. ބަލަ ކަލޭމެނަށްވުރެ ބޮޑު އަގުގަ ޓިކެޓު ގަންނަ މީހުންވެސް ފިޔޮކެއްހެން ކާން ކާން ނުގޮވައޭ. މާ މޮޅު މީހެއްކަމަށް. އެއްވެސް އޮއްޓަރެއް ހުރި ވާހަކަ ދައްކާމީހެއް ނޫން. ސްމާޓް ފޯނެއް އޮތަސް ސްމާޓެއް ނުވާނެ. އަލުން ތައުލީމު ހާސިލް ކުރޭ! އޭރަށް މީހާ ސްމާޓް ވާނީ. ލޫސާރ

    4
    12
    • މޯލްޑިވިއަން

      ވަރަށް ކަމުދާ ހިޔާލެއް ☺️

  11. މޫސާ ވަސީމް

    މަށަށް ވުރެރަނގަޅަށް ތިތަންހިންގުނު މީހަކު ނުހުންނާނެ..ފަޅޮލޭ ނުކިޔާ ކަލޭމެން.

  12. އަލީ

    އަދިވެސް ރައްޔިތުންނުކުމެ އެސޮރު ގަދަކަމުންވިއަސް ބާލާކަށް ނުވޭތަ.

  13. ހާމިދު ޝާހިދު

    މަޓޭގެ ރުޅިގަނޑު ހަމަ ޖާއިޒް. ވަރަށް ބޮޑަށް މިހާރަކަށް އައިސް މިހެން ވޭ. މިއީ، ނާގާބިލު ސަރުކާރަކުން ކަންކަމާ ހަވާލުވީމާ ވާގޮތް.

  14. ބޮއްކުރާ

    އިންޑިއާއަށްވިއްކާލުމަށް ޖަށްސާގޭމެއް ރަށްޔަތުންނޭވެ ވެރިކަންހޯދައިދިނީތީ ބަދަލުގެ ގޮތުގަ ގައުމީ އެއަރލައިން ދޭންވެގެން ގަސްތުގަ ބަނގުރޫޓު ކޮށްލަނީ ވިސްނާށޭ ދަރީންނޭވެ.

  15. އައްޒިޔާރަތަކުމް

    ޑިލޭ ސްޕްރޭ ބޭނުންކުރާލެއް މާގިނައީ..އެހެންވެ އެވަރަށް ޑިލޭވަނީ...އެޑިލޭ ވީމަ ނޯ ކޮމްޕްލެއިން..ޝުކުރަން

  16. މުއާވިޔަތު

    އަސްލުވެސް. މިތަނުގެ ބޯޑުން އޮޑިޓް ޑިޕާޓްމެންޓްވެސް އުވާލާ ހުރިހާ ސްޓާފުން ކަނޑާލައިފި. ޢެއްކަމެއްވެސް ރަނގަޅަކަށް ނުކުރެވޭ ބޯޑެއް. މޮޔައިންތަކެއް ކަންނޭގެ އުޅެނީ.

  17. ވަރިހަމަ

    މެންދުރު ހަނިމާދޫއިން ކައިލައިގެން ހަވީރު ސައިބޯލަން އައްޑުއަށް ދަތުރުފަތުގެ ނިޒާމުންނެގި ޓިކެޓުން މިދެވެނީ އަނެއްދިވެހިރާއްޖޭގެ ޖެނިއްކޮގެ ރެސްޓޯރަންޓަށް. 😄