ކައިވެނީގެ ގުޅުމަކީ ވަރަށްވެސް ތަފާތު ގުޅުމެކެވެ. މީހެއްގެ ހުރިހާ އުނިކަމެއް ޤަބޫލުކޮށް އަނެކާއަކީ ތިމާގެ ދިރިއުޅުމުގެ ބައިވެރިޔާ ކަމަށް ހެދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ގިނަ ފަހަރަށް ކައިވެނި ރޫޅެނީވެސް މިފަދަ ސަބަބަކަށްޓަކައި ހުރެއެވެ. މިފަހަރުވެސް ކަން ހިނގާފައިވަނީ މިފަދަ ގޮތަކަށެވެ.

އިންޑިޔާގެ ބިޒާރުގައި މީހަކު އޭނާގެ އަނބިމީހާ ވަރި ކުރަން އޭނާގެ އަނބިމީހާގައިގައި ތުބުޅި ހުރުމުންނާއި އޭނާގެ އަނބިމީހާގެ އަޑު ބަރު ކަމުން އެދިއްޖެއެވެ. އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ މިމީހާ ކޯޓްއަށް ވަރިވުމަށް ހުށަހާފައިވަނީ ކައިވެނި ކުރީ އޮޅުވާލުމަށްފަހު ކަމަށާއި އަދި ވަރިކޮށްދިނުމަށް އޭނާ އެދޭ ކަމަށް ބުނެއެވެ.

މި ފިރިހެން މީހާ ކޯޓްގައި ބުނެފައިވަނީ މިމީހާއަށް ދިނީ ބޮޑު ލަޑެއް ކަމަށާއި ކައިވެނީގެ ކުރިން މޫނު ނުދައްކީވެސް އޮޅުވާލުމަށް ކަމަށެވެ. އަދި މިއީ ޢާއިލާގެ މަޖުބޫރުން ކުރި ކައިވެންޏެއްގެ ގޮތުގައިވެސް ފިރިހެން މީހާވަނީ ސިފަކޮށްފައެވެ.

އޭނާގެ އަނބި މީހާ ދިފާޢުގައި ބުނެފައިވަނީ އޭނާގެ އަޑު ބަރު ކަމަށް ޤަބޫޅު ކުރާ ކަމަށާއި އަދި މޫނުގައި އިސްތަށި ހުންނަ ކަމަށާއި ނަމަވެސް އެއީ ހޯމޯންއަށް އައި ބަދަލުތަކެއްގެ ސަބަބުންވީ ކަމެއް ކަމަށެވެ. އަދި މިއީ ފަރުވާ ކުރެވޭ ބައްޔެއް ކަމަށްވެސް ކޯޓްގައި ބުނެފައިވެއެވެ.

ކޯޓުގައ މިއަންހެން މީހާ ބުނެފައިވަނީ ވަރިވާން މިއަންހެން މީހާ ނޭދޭ ކަމަށާއި ނަމަވެސް ގަދަ ކަމުން ވަރިވާން ބޭނުންނަމަ ކޮންމެ މަހަކު 20،000 އިންޑިޔާ ރްޕީސް ދިނުމަށް ޝަރުތު ކުރާ ކަމަށެވެ،

ކޯޓްއިން މިމައްސަލައިގައި ބުނެފައިވަނީ އެކަށީގެންވާ ސަބަބު ދެއްކިފައި ނުވާތީ ވަރިކޮށްދެވެން ނެތް ކަމަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސ

    ހެހެ

  2. ސ

    ހެހެހެހެ