ކ. ގިރިފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބޭރު ތޮށިލުމަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް އިއްޔެ އެ ރަށަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫއުގެ ދަށުން، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 268 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 46 މީޓަރުގެ ސަރަޙައްދެއްގައި ނެރު ބޭރުތޮށި ލުމުގެ މަސައްކަތެވެ.

އެމްއެންޑީއެފް އިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ބޭރު ތޮށީގެ ބެޑު ޕްްރެޕަރޭޝަންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއަށް 8.3 މިލިއަން ރުފިޔާ ހަރަދު ކުރެއެވެ.