އަމިއްލަޔަށް މަރުވާން އުޅުނު މީހެއްގެ މަސައްކަތް ކާމިޔާބު ނުވުމުން ބަޔަކު އައިސް ހަމަލާދިން ކަމަށްބުނެ ފުލުހުންނަށް ދޮގު ބަޔަނެއް މީހަކު ދީފިއެވެ. މިކަން ހިނގާފައިވަނީ އެމެރިކާގެ މަޙްނޮމެންގައެވެ.

އެމެރިކާގެ ނޫސްތަކުން ބުނެފައިވަނީ މިމީހާގަައިގައި އަލިފާން ރޯވެ ވަރަށް ބޮޑަށް ފިހިފައިވަނިކޮށް ފުލުހުންގެ އެހީތެރި ކަމާއިއެކު މިމީހާ ހޮސްޕިޓަލްއަށް ގެންދެވުނު ކަމަށާއި ފުލުހުންނަށް މިމައްސަލަ ރިޕޯޓްކޮށްފައިވަނީ އޭނާ ދިރިއުޅޭ ގޭގެ އަވައްޓެރިން ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މިމީހާ ގައިގައި އަލިފާން ރޯވެފައިވަނީ ކިހިނެތްތޯ ބެލުމަށް ފުލުހުން ތަޙްޤީޤްކޮށްފައިވާާ ކަމަށާއި ފުރަތަމަ މިމީހާ ދިން ބަޔާނުގައި ބުނެފައިވަނީ ބަޔަކު އައިސް އެމީހާ ގައިގައި ރޯކޮށްލި ކަމަށެވެ.

މިމީހާ ގައިގައި ރޯކޮށްލީ ކޮންބައެއްތޯ ބެލުމަށް ފުލުހުން ކުރި މަސައްކަތުން މިއީ ދޮގުކަން އެނގުނު ކަމަށާއި އެތަނުގައި ހުރި ސީސީޓީވީ ކެމެރާ ފުޓޭޖް ބެލުމުން މިމީހާ މިކަންކުރީ އަމިއްލަޔަކަށް ކަމަށް އެނގިފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މިމީހާ އުޅުނީ އަމިއްލަޔަށް މަރުވަންކަމަށް މިހާރު އެއްބަސް ވެފައިވާ ކަމަށެވެ.

އަމިއްލަޔަށް މަރުވުމަކީ އިސްލާމް ދީނުގައި ނަޙީ ކުރައްވާފައިވާ ބޮޑު ކުށެކެވެ.

 

ކިޔުންތެރިންގެ ހިޔާލު