އިންޑިއާގެ މަހަރަޝްތްރާގެ ސްކޫލެއްގެ ތެެރެއިން ވިހަގަދަ ހަރުފަތަކެއް ފެނިއްޖެއެވެ.

މި ހަރުފަތައް ފެނިފައި ވަނީ މިއަދުގެ ވަގުތެއްގައި ޒިލާ ޕަރިޝާދް ސްކޫލްގެ ބަދިގެ ތެރެއިިންނެވެ.

އެއް ތަނަކުން ގާތްގަނޑަކަށް 60 ވަރަކަށް ވިހަގަދަ ހަރުފަތައް ފެނުނުއިރު، ސްކޫލްގެ ކުދިންނާއި ޓީޗަރުން ތިބީ ވަރަށް ބޮޑަށް ބިރުގަނެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ހަރުފަތަކުގެ ތެރެއިން ފުރަތަމަ ދެ ހަރުފަ ފެނުނީ އިއްޔެއެވެ. އެ ދެ ހަރުފަ ފެނުނީ އެ ސްކޫލްގެ ބަދިގެ ތެރޭގައި އެއްތަނަކަށް އެއްކޮށްފައި ހުރި ދަރުތަކެއްގެ ތެރެއިންނެވެ. އަދި މިއަދު 58 ހަރުފަ ފެނިފައި ވަނީ އެ ދަރުތައް އެތަނުން ނަގަމުން ދަނިކޮށެވެ.

އެ ސްކޫލްގެ ހެޑް މާސްޓަރު ބުނީ، ގިނަ ހަރުތަކެއް އެއްތަނަކުން ފެނުމުން އެންމެން ކަހަލަ ގޮތަކަށް ތިބީ ވަރަށް ބިރުން ކަމަށެވެ. އަދި އެ ސްކޫލް ކައިރީގައި އުޅޭ ގިނަ ބަޔަކު އެތަނަށް އެއްްވެ ގަލުންނާއި އެކި އެއްެޗެހި ބޭނުންކޮށްގެން އެ ހަރުފަތައް މަރަން އުޅުނު ކަމަށާއި، ނަމަވެސް އެކަން ހުއްޓުވާފައިވާކަމަށް ހެޑްމާސްޓަރު ބުންޏެވެ.

އަދި ދެގަޑިއިރުގެ މަސައްކަތުން އެ ބަދިގޭގައި ހުރި ހުރިހާ ހަރުފަތަކެއް ވަނީ ނަގާ ފުޅިއަކަށް އަޅާފައެވެ. އަދި އެ ހަރުފަތައް ވަނީ ޖަންގަލީގެ އޮފިޝަލުންނާއި ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަރުފަ ދައިތަ

    ތިޔައީ ތިތަންތަނުގެ ހާލު ހުންނަގޮތް. އަހަރެމެން

    ރަށްފުށު ސްކޫލްތަކަކު ނުހުރޭ ބަދިގެ އަޅާފަ ދަރު ދުމަށްޓައް ލާފައެއް. އެއަށްވުރެން މާ ތަރައްގީއޭ އަހަރެމެންވެސް .