މިއީ އިންސްޓަގްރާމް މެދުވެރިކޮށް ފައިސާ ހޯދާ ހަމައެކަނި ކުޑަކުއްޖާ ކަމުގައިވެދާނެއެވެ. ބެލޭ ޑައިމެންޑް ނަމަކަށް ކިޔާ މި ކުއްޖާ އެކި ބްރޭންޑްގެ ހެދުންތައް ލުމަށްފަހު އިންސްޓަގްރާމްގައި ޕޯސްޓުކުރާ ކޮންމެ ފޮޓޯއަކަށް 250 ޑޮލަރު ލިބެއެވެ.

އެކި ބްރޭންޑްތަކުން އެ ކުއްޖާއަށް ހިލޭ ހެދުން އެއްޗެހި ފޮނުވައެވެ. އެއީ އެ ކުއްޖާ ލޯބިކަމުންނެވެ.

މިކަން ފެށުނީ، ބެލޭގެ މަންމަ އިންސްޓަގްރާމް އެކައުންޓެއް ހުޅުވާ އެއަށް ފޮޓޯ އަޅަން ފެށުމުންނެވެ. އެ މަންމަ އެ ފޮޓޯތައް އަޅަން ފެށީ އާއިލާގެ އެހެން މީހުންނަށް އެ ކުއްޖާ ހެދި ބޮޑުވަމުން އަންނަތަން ދެއްކުމަށެވެ.

އެހެން ނަމަވެސް ފެޝަން ކިޑް ނަމަކަށް ކިޔާ އިންސްޓަގްރާމް އެކައުންޓަކުން އެ ކުއްޖާގެ ފޮޓޯއެއް ރީޕޯސްޓް ކުރުމާއެކު އެތައް ބައެއްގެ ސަމާލުކަން އެ ފޮޓޯއަށް ހުއްޓުނެވެ. އަދި އެތައް ބަޔަކު އެ ކުއްޖާގެ ލޯބިކަމުގެ ވާހަކަ ވަނީ ދައްކާފައެވެ.

އަދި އެތައް ޑިޒައިނަރުންތަކެއް، އެ ކުއްޖާގެ މޮޑެލް ކޮށްފައި އެ މީހުންގެ އެކި ޕްރޮޑަކްޓްތައް އިޝްތިހާރު ކުރުމަށް ބޭނުންވިއެވެ. އަދި އެެކަމަށް ފައިސާ ދޭނެކަމަށްވެސް ވަނީ ބުނެފައެެވެ.

މިއަދު މިލީގެ އަތުގައި އެތައް ބްރޭންޑެއްގެ ހެދުން އެބަހުއްޓެވެ. އަދި ރީތި ކުރުމަށް ބޭނުންވާ އެތައް ސާމާނެއް އެބަހުއްޓެވެ.

އަދި އިންސްޓަގްރާމްގައި 188،000 ފޮލޯވާސް ހުރިއިރު، އެ ކުއްޖާ ވެގެންދާނީ މިހާ ކުޑައިރު އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު އަދި މަޝްހޫރުވެގެންދިޔަ ފުރަތަަމަ ކުއްޖާއަށެވެ.

ކިޔުންތެރިންގެ ހިޔާލު