ސްކޫލަށް ލީވިންގ ސެޓްފިކެޓް ހޯދަން ދިޔަ އަންހެެން ކުއްޖަކަށް އެ ސްކޫލްގެ ޓީޗަރަކު ޖިންސީ ގޮތުން ފުރައްސާރަކޮށްފިއެވެ.

އިންޑިއާގެ ތޭން ޑިސްޓްރިކްޓްގައި ހުންނަ ސްކޫލެއްގައި މި ހާދިސާ ހިނގިއިރު، އެ ޓީޗަރު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

އިއްޔެގެ ވަގުތެއްގައި އުމުރުން 12 އަހަރުގެ އެ ކުއްޖާ ސްކޫލަށް ޒިޔާރަތްކުރީ އޭނާގެ ލީވިންގ ސެޓްފިކެޓް ބަލައެވެ. އަދި އެ ކުއްޖާ ސްކޫލަށް ދިޔުމުން އެ ޓީޗަރު އެ ކުއްޖާ ކައިރީ އޭނާގެ އޮފީހަށް އައުމަށް ބުނެފައެވެ. އޭނާ އެ ކުއްޖާއާ ޖިންސީ ގޮތުން ބެހިފައި ވަނީ އެ އޮފީސް ތެރޭގައެވެ.

އެ ކުއްޖާއާ އެގޮތަށް ބެހެން ފެށުމުން އޭނާ ވަނީ ހަޅާލަވާ އެކަން އެ ސްކޫލް ތެރޭގައި ތިބި މީހުންގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި އެ މީހުން ވަނީ އެ ޓީޗަރު ހިފަހަައްޓާ ފުލުހުންނާއި ހަވާލުކޮށްފައެވެ.

ފުލުހުން ބުނީ، އެ ކުއްޖާއާ ޖިންސީ ގޮތުން ބެހުނު މައްސަލާގައި އެ ޓީޗަރުގެ މައްޗަށް ދައުވާ ކުރާނެ ކަމަށެވެ.

އިންޑިއާގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އާއްމުވެ ބައެއް ހިސާބުތަކުގައި އެފަދަ މީހުން މަރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އިންޑިއާ އަކީ ރޭޕް ކޭސްތައް އެންމެ ގިނައިން ރިޕޯޓް ކުރާ އެއް ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު