އެމެރިކާގެ ހަވާއީގެ ބިގް އައިލެންޑްސްގެ އަލިފާން ފަރުބަދައިން ބުރައިގެން ދިޔަ އަޅި ކައިރިން ދަތުރު ކުރި ބޯޓަކަށް ވެހި 23 މީހުން ޒަހަމް ވެއްޖެއެވެ.

މި އަލިފާން ފަރުބަދަ ކައިރިން ދަތުރު ކުރީ ފަތުރުވެރިން ގޮވައިގެން ދިޔަ ބޯޓަކެވެ. ފަރުބަދަ ގޮވުމުގެ ތެރޭގައި، އޭގެއިން ފޮނުވާލި ގަލެއް ވެސް ވަނީ އެ ބޯޓުގެ ގެގަނޑު ފޫއަޅުވާލާ އެތެރެއަށް ވަދެގެންފައެވެ.

ބޯޓުން ދަތުރު ކުރި އެހެން ފަތުރުވެރިން ބުނީ އެ ބޯޓު ވަނީ ލާވާ މޫދަށް ފައިބާ ހިސާބާ 300 މީޓަރަށް ވުރެ ކައިރިއަށް ގޮސްފައިވާ ކަމަށެވެ. އެ ހާދިސާގައި ފަތުރުވެރިއެއްގެ ފައި ބިންދައިގެން ގޮސްފައިވާއިރު ދެންތިބި މީހުންގެ ހަށިގަނޑު ވަނީ ފިހިފައެވެ.

މި އަލިފާން ފަރުބަދަ އިން މޫދަށް އަޅި ހުއްޓާ ނުލާ އެޅުމުގެ ސަބަބުން ކުޑަ ރަށެއް އުފެދިފައިވާއިރު މި އަލިފާން ފަރުބަދަ ގޮވާފައި ވަނީ މޭ މަހުގެ ފުރަތަމަ ކޮޅުގައެވެ. އެއާއެކު ދުވަހަކަށް ފަހު ދުވަހެއް ދަނީ ގޯސް ވަމުންނެވެ.

މި ފަރުބަދަ ހުންނަ ދަ އައިލެންޑް އޮފް ހަވާއީ އަކީ ގުދުރަތީގޮތުން ގުޅިފައިވާ ފަސް އަލިފާން ފަރުބަދައިގެ މައްޗަށް އުފެދިފައި އޮންނަ ރަށެކެވެ.

މީހުން ސަލާމަތްވުމަށް ބޭނުން ކުރަމުންދާ މައި އެއް މަގު ފަރުބަދައަށް އައި ބަދަލު ތަކުގެ ސަބަބުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ބޭނުން ކުރަން ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު ހީވެފައެވެ.

ކީލައުއާ ފަރުބަދަ ހުންނަ ސަރަހައްދުން އެތައް ހާސް މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ. 26 ހާހަށް ވުރެ ގިނަގެތައް ވަނީ ހަލާކުވެފައެވެ.

ކިލުވެއާ ފަރުބަދައަކީ 4،190 ފޫޓު އުސް، އަދި ފުޅާމިނުގައި 1،247 ހުންނަ ބިޔަ ފަރުބަދައެކެވެ. މި ފަރުބަދައަކީ ހަވާއީގައި ހުރި ނުރައްކާތެރި ފަސް އަލިފާން ފަރުބަދައިގެ ތެރޭގައި ހިމެނޭ ފަރުބަދައެކެވެ.

މި ފަރުބަދައިން ބޮޑު ގޮވުމެއް ގޮވައިފިނަމަ، ސަލާމަތްވާނޭ ވަގުތެއް ނުލިބި އިސާހިތަކު އެތައް ހާސް ބަޔަކު މަރުވެ އަޅިޔަށްވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ. އެފަދަ ދުވަހެއް އަތުވެދާނެ ކަމަށްޓަކައި ހަވާއީގެ ރައްޔިތުންނަށް ޚާއްސަ ތަމްރީނުތަކެއްވެސް މީގެ ކުރިން އެކި ފަހަރުމަތިން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހެސް

    ވަގުތު މީހުން ހެޑްލައިން ލިޔަން ދަސްކޮށްބަލަ. ވާރެ ވެހުން ކަމަށް ވާނެތަ އަޅެ