ވައްކަން ކޮށްގެން ވެސް މުދަލާއި ފައިސާ ނުވަތަ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭނަމަ ވައްކަން ކުރާ މީހަކީ ނަސީބުވެރިއެއް ކަމަށް ބައެއް މީހުން ހީކޮށްފާނެއެވެ. އަދި ވައްކަން ކުރުމަށް ފަހު ފުލުހުންގެ އަތްދަށުނުވެ ސަލާމަތް ވެވޭނީ ވެސް ނަސީބު ގަދަވެގެން ކަމަށް ހީވެދާނެއެވެ. ނަމަވެސް ކޮންމެ ފަހަރަކު ކަންތައް ވަނީ އެހެނެއް ނޫނެވެ.

އިނގިރޭސިވިލާތުގެ އުމުރުން 32 އަހަރުގެ މާކް ޑޯއަބް އަކީ ވައްކަމުގެ އެތައް މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ މީހެކެވެ. އެންމެ މައްސަލައެއްގައި ނޫނީ އޭނާ އަދި ހައްޔަރު ކުރެވިފައެއް ނުވެއެވެ. ނަމަވެސް ވައްކަން ކުރި ކޮންމެ ފަހަރަކު ނަސީބު އޭނާ އަށް އެހީއެއް ނުވިއެވެ.

އެއްފަހަރަކު މާކް ސިނގިރޭޓް ވިއްކާ ފިހާރައަކަށް ވަދެ 100 ޕައުންޑްގެ ސިނގިރޭޓް ނެގިއެވެ. ސޭލްސް ގާލް ސިނގިރޭޓް ކޮތަޅު ދިއްކޮޅުމުން ފައިސާ ނުދައްކާ މާކް ދުއްވައި ގަތެވެ. އެފަހަރު އޭނާ އަށް ސަލާމަތް ވެވުނެވެ. ނަމަވެސް މާކް ފިހާރައިން ނިކުމެގެން ދުވެފައި ދިޔައީ އޭނާގެ ކޭޝްކާޑް ނޭނގި ފިހާރައިގެ ކައުންޓަރު މަތީގައި ބާއްވާފައެވެ.

ދެން މާކް ވަގަށް ނެގީ ޑީވީޑް ޕްލޭއަރެކެވެ. ފިހާރައެއްގައި ވިއްކަން ހުރި ޑީވީޑީ ޕްލޭއަރު ވަގަށް ނަގައިގެން މާކް ފިހައިރިން ނިކުމެ ދުވެ ފިލިއެވެ. ނަމަވެސް މާކް ފިހާރައިން ނިކުތުމުގެ ތެރޭގައި އޭނާގެ ވޮލެޓް ފިހާރައިގެ ތެރެއަށް ވެއްޓުނެވެ. ވޮލެޓްގައި އޭނާ އާއި ބެހޭ ހުރިހާ މައުލޫމާތެއް ހުއްޓެވެ.

މާކްގެ މައްޗަށް މިހާރު ޕްރޮސެކިއުޓަރުން ވަނީ ނުވަ ދައުވާއެއް އުފުލާފައެވެ. އޭގެތެރޭގައި ނުވަ މޯބައިލް ފޯނާއި ބައިސްކަލެއް ވަގަށް ނެގި މައްސަލައެއްގައި އުފުލާފައިވާ ދައުވާތައް ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު