ކޮލަމްބިއާ އަށް ނިސްބަތްވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ވިއްކަމުންދާ ޖުއާން ކަސްޓްރޯ ނަމަކަށް ކިޔާ ލީޑަރަކު ހުކުރު ދުވަހުގެ ވަގުތެއްގައި އެންމެ ސެކިއުރިޓީ ބޮޑު ޖަލުން ފިލައިގެން ދިޔަ މަންޒަރު މި ވަނީ ސަވައިލެންސް ކެމެރާތަކަށް ވަނީ އަރާފައެވެ.

އޭނާއަކީ މަޝްހޫރު ގަލްފް ކްލޭން ޑްރަގް ކާޓެލްގެ ލީޑަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އޭނާ އެ ޖަލުން ނުކުމެފައި ވަނީ ގާޑްގެ ޔުނީފޯމު އަޅައިގެންނެވެ.

ބޮގޯޓާގެ ލަ ޕިކޯޓާ ޖަލުން އޭނާ ފިލައިގެން ނުކުތް މައްސަލައިގައި،، އޭނާ ފިލަން އެހީތެރިވި ކަމުގެ ތުހުމަތުގައި ޖަލު ބަލަހައްޓާ ގާޑަކު ހައްޔަރުކޮށްފައިވާ ކަމަށް ބީބީސީގައި ރިޕޯޓުކޮށްފައިވެއެވެ.

އޭނާ އެ ޖަލުން ފިލާފައި ވަނީ ހުކުރު ދުވަހުގެ ވަރަށް ފަތިހުގެ ވަގުތެއްގައެވެ. އެއަށްފަހު އޭނާ އުޅެނީ ފިލައިގެން ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އޭނާ ހުރީ ޖަލު ބަންދުގައެވެ.

ކޮލަމްބިއާގެ ޕްރިޒަން ސާވިސް އިން އާންމުކޮށްފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އޭނާ ބޭރަށް ނުކުމެފައި ވަނީ ހުޅުވާފައި ހުރި ދޮރަކުންނެވެ. ޑެއިލީ މެއިލްގައިވާ ގޮތުން އޭނާ ހަތް ދޮރުން ހިނގާފައި ދިޔައީ އެއްވެސް ބަޔަކަށް ނުފެނިއެެވެ. އަދި އެދޭތެރެއިން އެއްވެސް ހާދިސާއެއް ހިނގާފައިވެސް ނުވެއެވެ. އޭނާ ހުރީ
މޫނު ނިވާވާގޮތަށް ޖެކެޓެއް އަޅައިގެންނެވެ.

ކާސްޓްރޯ ފިލައިގެން ދިޔަކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ނޭޝަނަލް ޕެނިޓެންޝަރީ އެންޑް ޕްރިޒަން އިންސްޓިޓިއުޓްގެ އިންސްޕެކްޓަރ މިލްޓަން ޖިމެނޭޒްއެވެ.

އޭނާ އެ ޖަލުން ފިލައިގެން ދިއުމަށް ގާޑަށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހެޅި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްމަޓީ

    އެހެންވީމާ ދެން ރާއްޖެޖަލަށް ފޯނެއް ވެއްދުމަކުން މާބޮޑަށް ކަންބޮޑުވާކަށް ނުވެއެއްނު

    7
    2
  2. Anonymous

    ،
    02

  3. ޖަމީލުބެ

    ފަތިހޭ ބުނި އިރު ސީސީޓީވީ ފުޓޭޖުގަ އިނީ 12 ޖަހާފަ އިންކަމަށް