ކޮލަމްބިއާގެ މެދުތެރޭގައި ކުޑަ މަތިންދާބޯޓެއް ވެއްޓި ސިޔާސީ ފަސް ބޭފުޅަކާއި ޕައިލެޓަކު މަރުވެއްޖެއެވެ.

އެ ފަސް ބޭފުޅުންނަކީވެސް އެ ގައުމުގެ ކުރީގެ ރައީސް އަލްވާރޯ އުރީބޭގެ ކަނާތު ފިޔައިގެ ސެންޓްރޯ ޑިމޮކްރެޓިކޯއަށް ނިސްބަތްވާ މެމްބަރުންނެވެ.

އެ ބޭފުޅުން ތިބީ ބޯޔާކާ ޑިޕާޓްމަންޓުގެ ސެން ލުއިސް ޑި ގެސެނޯގެ މުނިސިޕަލް ސަރަހައްދަށް ވެއްޓުނު މަތިންދާބޯޓެއްގަައެވެ.

މި ހާދިސާ ތަހުގީގު ކުރަމުން އަންނަ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ބުނެފައެވެ.

އެ ޕާޓީން ވަނީ މިކަމާއި ހިތާމަ ފާޅު ކުރައްވާފައެވެ. މި ހާދިސާގައި މަރުވި ސިޔާސީ ބޭފުޅުންގެ ތެރޭގައި ކުރީގެ ސެނެޓަރު ނޮހޯރާ ޓޯވާރާއި އާއި ޑިޕާޓްމަންޓްގެ ގާނޫނު ހަދާ މެމްބަރު ޑިމާސް ބަރޭރޯ އާއި ގަވަރުނަރު ކަމަށް ކުރިމަތިލާފައިވާ އެލިއޯޑޯރޯ އަލްވަރޭޒް އަދި ވިލާވިސެންސިއޯ މުނިސިޕަލް ކައުންސިލަރު އޮސްކާ ރޮޑްރިގޭޒް އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެމަތިންދާ ބޯޓަކީ ވިލާވިސެންސިއޯއިން ބޮގޯޓާއަށް ދަތުރުކުރަމުން ދިޔަ ބޯޓެކެވެ. އަދި އެއީ ޕާޓީގެ އެއްވުމަކަށް ދަތުރު ކުރަމުން ދިޔަ ބައެއް ކަމަަށް ވެއެވެ.

މި ހާދިސާއާ ގުޅިގެން ވާތުފިޔައިގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވަނީ އޭނާގެ ޓްވިޓާ އެކައުންޓުގައި ތައުޒިޔާ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ދިވެހިން އިބްރަތް ލިބިގަންނަންޖެހޭ ހާދިސާއެއް. ރާއްޖޭގެ ހާލަތުގައި ގޮވާނީ ލޯންޗެއްހެން ހީވަނީ.

    2
    1