ކޮލަމްބިއާއަށް ނިސްބަތްވާ އަންހެން ފުލުސް އޮފިސަރުގެ ވާހަކަތައް މީސް މީޑިއާގައި ދެކެވެމުން ދަނީ އެއީ ދުނިޔޭގައި ހުރި އެންމެ ރީތި އަންހެން ފުލުސް އޮފިސަރުގެ ގޮތުގައެވެ.

އޭނާ ނޭޝަނަލް ޕޮލިސް ފޯސްގައި މަސައްކަތް ކުރަމުންދާއިރު، ޑައިނެލީ17ގެ ނަމުގައި އޭނާ އިންސްޓަގްރާމްގައި ހުޅުވައިގެން އުޅޭ އައިޑީގައި ހަތަރު ލައްކައަށްވުރެ ގިނަ ފޮލޯވާސް ތިބެއެވެ.

ދަ ނިއު ޔޯކް ޕޯސްޓްގައި ބުނެފައިވާގޮތުގައި، މި އޮފިސަރު ދަނީ އެ ގައުުގެ މެޑެލިންގެ މަގުތައް ބެލެހެެއްޓުމުގައި ހަރަކާތްތެރިވަމުންނެވެ. އެ ސިޓީއަކީ އެއް އިރެއްގައި ދުނިޔޭގެ އެންމެ ނުރައްކާތެރި ސިޓީ އެވެ. އޭނާ ބުނާގޮތުން ނަމަ ވަޒީފާ ދޫކޮށް މޮޑެލްއެއްގެ ގޮތުގައި ނޫނީ އޮންލައިން އިންފްލުއެންޒާއެއްގެ ގޮތުގައި މަސައްކަތް ކުރަން ބޭނުން ނުވެއެވެ.

"އަހަރެންނަށް އަނެއްކާވެސް ކެރިއަރ އެއް ނަގަން ފުރުސަތެއް ލިިބިއްޖެ ނަމަ ނަގާނީ ފުލުހެއްގެ ވަޒީފާ. އަހަރެންނަށް މިހާރު މި ހުރި ހިސާބަށް އާދެވުނީ އެ އިންސްޓިޓިއުޓްގެ ސަބަބުން".

އޭނާ އަށް ވަނީ އިންޓާފެސްޓް އެވޯޑްސްގައި ބެސްޓް ޕޮލިސް" އެވޯޑަށް ނޮމިނޭޓްވެސް ވެފައެވެ. އެއީ ޑިޖިޓަލް ކޮންޓެންޓް އުފައްދާ ޕްރޮފެޝަނަލުންގެ އަގު ވަޒަންކުރުމުގެ މަގްސަދުގައި ދޭ އެވޯޑެކެވެ.

ގިނަބަޔަކު އޭނާގެ ފޮޓޯތަކަށް ކޮމެންޓްކޮށްވެސް ބުނަނީ އެއީ ދުނިޔޭގައި ހުރި އެންމެ ރީތި ފުލުސް އޮފިސަރު ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކަރުކެހޭ

    ކޮންތާކު! ރާއްޖޭގެ ޕޮލިހުގާ އެއުޅޭ ކަރީމާ ތިޔަގޮތަށް ސޯޝިއަލް މީޑިއާގައި ހަރަކާތްތެރިވުމުން އޭނަ ވާނީ އެންމެ ރީތި ޕޮލިހަށް. ހުރޭ ފަށާނަން ، ކެންޕޭން.

  2. ޅޮސްބެ

    ޢަހަރެމެން ގައުމު ތިޔައްބުރެ މާރީތި ކުދިން އެބައުޅޭ!މަޖީދީމަގުގަ މަޑުކޮއްބަލަ، ރާއްޖެކުދިން މާރީތިވާނެ!

    10
    1
  3. ޅޮސްބެއިލްމް

    ޢަހަރެމެން ގައުމު ތިޔައްބުރެ މާރީތި ކުދިން އެބައުޅޭ!މަޖީދީމަގުގަ މަޑުކޮއްބަލަ، ރާއްޖެކުދިން މާރީތިވާނެ!

    8
    1
  4. Anonymous

    އަދި ތިއަށް ވުރެވެސް ގިނަ ފޮލޯވަރުން ލިބޭނެ އޮރިޔާން ފިލްމު ކުޅެން ފަށައިފީ ވިއްޔާ. ބޮޑަށް އޮރިޔާންވި ވަރަކަށް ގިނަ ޝަޔާޠީނުލް އިންސިން ފޮލޯކޮށް ތަބާވާނެ. މިހާރުވެސް ކޮލޮމްބިޔާގެ 60 އިންސައްތަ އަށް ވުރެ ގިނައީ ކަސްބީ އަންހެނުން. ދެން މި ޒާތުގެ ޚަބަރު ނުޖެހުމަށް ގޮވާލަން. ޖަހަންޏާ އަހަރުމެން ކަހަލަ މީހުން ކުރާ ކޮމެންޓު ހުންނާނީ މިކަހަލަ ގޮތަކަށް.

    19
    2
  5. ހުސޭނުބޭ

    އަލަށް އަންހެނަކު ފެނުނު މީހުންނަށް ހީވާނެ ތިހެން

    17
    2
  6. ޢަފީ

    ސެނެހިޔާ އިން މަ ދެކުނިން ތިޔައްވުރެ މާ ރީތި މަންޖެޔެއް

  7. ދިވެހި ޒުވާނުން

    އެކަމަކު އަހަރެންގެ އަންހެނުންނާއި ހަމަޔަށް ރީތި ކަމުން އަދި ގާތަކަށް ވެސް ނާދެވޭ. މަށަކަށް ތި އޮފިސަރު ރީއްޗޭއްނޫން.

  8. މޮޔަ ސޮރު

    އަލަމްގިރި

  9. މަ

    ޝައިތާނުންގެ ޕުލޭންއަކީ ވީހާވެސް ގިނަ ބަޔަކު މަގު ފުރެއްދުން ދޮގު ހަދައިގެން