50 އަހަރު ކުރިން ގެއްލުނު އިންޑިއާ ސިފައިންގެ މަރުވެފައިވާ ހަށިތަށް ފެނިއްޖެއެވެ.

މީގެ 50 އަހަރުކުރިން 1968 ވަނަ އަހަރު ވެއްޓުނު އިންޑިއަން އެއަރފޯސްގެ މަތިންދާ ބޯޓަކުން ދަތުރުކުރި ސިފައިންގެ ގަނޑުވެފައިވާ ހަށިގަނޑުތަށް ފެނުނީ، އިންޑިއާގެ ހިމަޗާލް ޕްރަދޭޝްގައި "ޗަންދްރަބަގާ 13" ނަމަކަށްކިޔާ ފަރުބަދަމަތިނެވެ.

ސިފައިންގެ ފުރާނަ ނެތް ހަށިތަކާއި އަދި މަތިންދާ ބޯޓްގެ ބައިތައް ފެނިފައިވަނީ، ބިމަށްވުރެ 5،500 މީޓަރު މަތިންނެވެ.ފެނުނު ހަށިތަށް ފިނީގެ ސަބަބުން އެތަށް އަހަރެއް ވަން ދެން ހުރީ ގަޑުވެފައެވެ.

މި މަތިންދާ ބޯޓް ވެއްޓުނު ހާދިސާގައި 102 މީހުން މަރުވިއިރު، އޭގެ ތެރޭގައި ސިފައިންގެ 98 މީހުން ހިމެނެއެވެ.ބޯޓްގެ ބައިތައްވެސް ފެނިފައިވަނީ 1968 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި އަސްކަރިއްޔާގެ މަތިންދާ ބޯޓް ވެއްޓުނު ކަމަށް ރިޕޯޓް ކޮށްފައިވާ ސަރަހައްދުންނެވެ.

އިންޑިއާގެ އަސްކަރިއްޔާގެ މި މަތިންދާ ބޯޓް ވެއްޓިފައިވަނީ ކަޝްމީރުގެ އެއަރޕޯޓަކަށް ޖައްސަން އަންނަނިކޮށް މޫސުން ވަރަށް ބޮޑަށް ގޯސްވެގެންނެވެ.

ސޯވިއެޓް އިއްތިހާދުގައި އުފައްދާފައިވާ އެންޓޮނޯވް އޭން -12 މަރުކާގެ މަތިންދާ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މީހެއްގެ ހަށިގަނޑު އެންމެފަހުން ފެނިފައިވަނީ 2013 ވަނަ އަހަރުއެވެ. އޭގެ ކުރިންވެސް ގެއްލުނު ސިފައިން ހޯދުމަށް ދިޔައީ މައްސަކަތް ކުރަމުންނެވެ.

ބޯޓް ވެއްޓުނު ސަރަހައްދަކީ އަބަދުވެސް ވަރަށް ބޯކޮށް ސްނޯފައިބާ ސަރަހައްދެއް ކަމަށް ވެއެވެ. ބޯޓާއި މުވާސަލާތީ ގުޅުން ކެނޑިފައިވަނީ އިންޑިއާގެ ދުރު އުތުރުން ސްޕިޓީ ވާދީމަތިން ދަތުރުކޮށްފައި ދަނިކޮށެވެ.

މަރުވެފައިވާ ސިފައިންގެ ހަށިގަނޑު އެތަނުން ނެގުމުގެ މަސައްކަތަށް އިންޑިއާގެ އަސްކަރީ އަދި ވައިގެ ސިފައިން މިހާރުވަނީ ފަށާފައި ކަމަށް ޚަބަރުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު