މިސްރަށް ނިސްބަތްވާ ދެމަފިރިޔަކު ކައިވެނިކޮށްގެން އުޅޭތާ ދުވަސްވީ އިރުވެސް ފިރިހެން ކުއްޖަކު ނުލިބޭތީ އެކަމާއި ހިނގި ދެބަސްވުންތަކެއްގައި އަންހެން މީހާ ބެލްކަނީން ބޭރަށް އެއްލާލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މި ހާދިސާ ހިނގިއިރު، 30 އާއި ގާތް ކުރާ އުމުރަކަށް ގޮސްފައިވާ އެ އަންހެން މީހާއާ އޭނާގެ ފިރިމީހާ އާ ދެ މީހުން ވަރަށް ޒުވާބުކުރިއެވެ. އަދި އަންހެން މީހާ ވަނީ އެ މީހުންނަށް ފިރިހެން ދަރިއަކު ނުލިބެނީ ފިރިމިހާގެ ސަބަބުން ކަމަށް ބުނެފައެވެ.

އެކަމާއި ވަރަށް ބޮޑަށް އެ ފިރިހެން މީހާ ރުޅި ގަދަވެ އަންހެން މީހާ އެ މީހުން ދިރިއުޅޭ ފަސް ވަނަ ބުރީގެ އެޕާޓްމެންޓްގެ ބެލްކަނީ އިން ބޭރަށް ވަނީ އެއްލާލާފައެވެ.

މި ދެމަފިރިންގެ ހަތަރު އަންހެން ކުދިން ތިބެއެވެ. އެ ހާދިސާގައި އެ އަންހެން މީހާ ވަނީ މަރުވެފައެވެ. އަދި ލެއިން ތަތްތެޅިފައިވާ އެ އަންހެން މީހާ މަގުމަތީ އޮއްވާ ބަޔަކު ވަނީ ފުލުހަށް ގުޅާ މައްސަލަ ޖައްސާފައެވެ.

ފުލުހުން އައިސް އެ ފިރިހެން މީހާއާ ސުވާލު ކުރުމުން އޭނާ ބުނީ، އެ އަންހެން މީހާ ބެލްކަނިން ވެއްޓުނީ ކަމަށެވެ. ނަމަވެސް ފަހުން އޭނާ ވަނީ އޭނާ ކުރި ކުށަށް އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙުސައިން މ. މުލި

    ސުބުހާނަﷲ
    ކީކޭ ބުނާނީ

  2. މީ

    أستغفر ﷲ